މާލޭ ކަސްޓަމްސް އޮފީސް ކައިރީގައި ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިގެން މަރުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ގާތްގަނޑަކަށް 3:30 ހާއިރުއެވެ. އިމާރާތުގެ މަތިން މީހަކު ވެއްޓިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ.

Ad
rt

ފުލުހުން މިހާރު ދަނީ މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަމުންނެވެ. އަދި ހާދިސާ ހިނގި ގޮތާއި، ވެއްޓުނު މީހާގެ މަޢުލޫމާތު ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން މަރުހޫމްގެ ޢާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، ޢާއިލާގެ އިހުސާސްތަކަށް އިހުތިރާމްކޮށް، ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކުގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.

މި މައްސަލައިގެ އިތުރު ތަފްސީލު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.