ރާއްޖޭގެ އީ-ކޮމާސް ދާއިރާ ތަރައްގީކުރުމަށް ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) ގެ ބައިނަލްއަގުވާމީ ވިޔަފާރިއާބެހޭ ކުންފުނި، އެންއައިޕީއައި އިންޓަރނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް)އާއެކު ރާއްޖޭން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ދެ ޤައުމުގެ ދެމެދުގައި ޤާއިމްކުރި މިފަހުމުނާމާ ބަދަލުކޮށްފައިވަނީ ރޭ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ފަހުމުނާަމާގައި ސޮއިކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީންނެވެ.

Ad
rt

މިފަހުމުނާމާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކްރިއޭޓާ އިކޮނޮމީގެ ފުރުސަތުތައް ދިވެހިންނަށް ހޯދައިދިނުމާއި އީ-ކޮމާސްގެ ދާއިރާ ތަރައްގީ ކުރުމާއި، މާލީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތުތައް އިތުރުކޮށް މާލީބާޒާރު އިތުރަށް ފުޅާ ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މިފަހުމުނާމާގެ ދަށުން ޑިޖިޓަލް ޕޭމަންޓް ސިސްޓަމް ތަރައްގީކުރުމަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާފޮނުވުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ޒަމާނީ ޓެކްނޮލޮޖީ ގާއިމުކުރާނެއެވެ އަދި މާލީ ބާޒާރުގައި ބައިވެރިވުން ކުޑަ ފަރާތްތަކަށް ޚިދުމަތްތައް ތައާރަފުކުރުމާއި އިޤްތިޞާދީ މަސައްކަތްތަކަށް މަގުފަހިކޮށް އިޤްތިޞާދު ކުރިއެރުވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފަސޭހަކަމާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ޤައުމީ އަދި ބައިނަލްއަގުވާމީ ނެޓްވޯކްތަކާ ގުޅުން އިތުރުކުމާއި އަލަށް ތައާރަފުވަމުން އަންނަ ފައިސާގެ މުއާމަލާތްތަކާއި އީ-ކޮމާސްގެ ނިޒާމުތައް އެންމެ އެދެވޭގޮތުގައި ބޭނުންހިފުމަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ރާއްޖޭގެ މާލީ ޚިދުމަތްދޭ ފަރާތްތަކަށް ފޯރުކޮށްދިނުމަކީވެސް މި ފަހުމުނާމާގެ ބޭނުމެއްކަން އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.