ސިފައިންގެ ވަޒީފާއިން ވަކި ކުރި މީހަކަށް ބަދަލުގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިފައިންގެ ސާޖަންޓް ފަސްޓް ކްލާސް އަލީ ވަހީދު ނޮވެމްބަރު, 2013 ގައި ވަޒީފާއިން ވަކިކޮށްފައި ވަނީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އަދި ވަޒީފާ އަނބުރާ ދިނުމަށް ހުކުމް ކޮށްފައިވާތީ އޭނާއަށް އަލުން ވަޒީފާ ދީފައިވަނީ 2020 ވަނަ އަހަރު އެވެ.

Ad
rt

މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ނިންމީ އޭނާ ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ދިނުމާ ހަމައަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ދައުލަތުން ދޭންޖެހޭނެ ކަމަށެވެ.

ހުކުމުގައި އަމުރުކޮށްފައި ވަނީ އަލީ ވަހީދަށް ބަދަލުގެ ގޮތުގައި ދޭން ކަނޑައެޅި ފައިސާ 15 ދުވަހުގެ ތެރޭގައި އޭނާއަށް ދިނުމަށެވެ.