އައިޖީއެމްއެޗުގެ އިހުމާލުން ތުއްތު ދަރިފުޅު މަރުވި މައްސަލައެއްގައި ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން ދައުލަތުން ބަދަލު ދޭން ނިންމައިފި އެވެ.

ސިިވިލް ކޯޓަށް ދެމަފިރިއަކު މިދިޔަ އަހަރު މައްސަލަ ހުށަހެޅީ އައިޖީއެމްއެޗްގެ އިހުމާލުން އެ މީހުންގެ ދަރިފުޅު މަރުވުމުން މާލީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

Ad
rt

އެކަމަކު، އެ ކޯޓުން މިދިޔަ ހަފުތާގައި ނިންމާފައިވަނީ އެ މައްސަލައިގައި ދެ ފަރާތުން ކޯޓުން ބޭރުން އެއްބަސްވުމަކަށް އައިސްފައި ވާތީ، ދައުވާ ފޯމު ބާތިލްކޮށް، މައްސަލަ ނިންމާފައިވާ ކަމަށެވެ. ނަމަވެސް ދެ ފަރާތުން އެއްބަސްވީ ކިހާ މިންވަރަށް ކަން އެ ހުކުމުގައި ބުނެފައެއް ނުވެ އެވެ.

ރާއްޖޭގައި ހޮސްޕިޓަލްތަކުގެ އިހުމާލުން މީހުން މަރުވެ އަދި އެކިކަހަލަ ގެއްލުންތައް ލިބުމުގެ ޝަކުވާ ބޮޑެވެ. ނަމަވެސް މިހާތަނަށް އެފަދަ މައްސަލައެއްގައި ކޯޓުން ބަދަލު ދިނީ ކުއްޖެއްގެ ކަންފަތް ބީރުވި މައްސަލާގަ އެވެ. އެ މައްސަލާގައި ހަތް މިލިއަން ރުފިޔާގެ ބަދަލެއް ދޭން ހުކުމްކުރި އެވެ.