އަހަރީ ދުވަހާއި ގުޅުވައިގެން ކަސްޓަމަރުންނަށް އައު ޚިދުމަތްތަކެއް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ.
އުރީދޫން ބުނި ގޮތުގައި އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ފަށާނެއެވެ. މިއާއެކު، ޒަމާނީ ޓެކްނޮލޮޖީއާއި އިނޮވޭޓިވް ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުން ގުޅާލުމަށް ދެ އަހަރު ވަންދެން ކުރަމުން އަންނަ މަސައްކަތުގެ ކައުންޓްޑައުން ފެށިގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫގެ ފައިވް-ޖީ ކަވަރޭޖް މުޅި ރާއްޖޭއަށް ފުޅާ ކުރުމުގެ މަސައްކަތް އެކުންފުނިން ވަނީ މިހާރު ފަށައިފައެވެ. އަދި ނުޖޫމް-ލޯޔަލްޓީ ޕްރޮގްރާމާއި، ޑެއީލީ ފައިބަ ބްރޯޑްބޭންޑް ޕެކޭޖުތައް އެކުންފުނިން ވަނީ ތަޢާރަފްކޮށްފައެވެ.
އޭއައި ޕޯސްޓް ޕެއިޑް ޕެކޭޖާއެކު ބޮޑެތި އެލަވެންސްތައް ލިބޭ ޑޭޓާ ޕެކޭޖެއްވެސް ވަނީ ތައާރަފުކޮށްފައެވެ. އަދި މުނިފޫހިފިލުވުމަށް ޚާއްސަ ޕެކޭޖެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.
އުރީދޫ ނޭޝަންގެ މުބަރާތަކާއެކު އެކުންފުނިން ވަނީ މިފަހަރުގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައެވެ. އުރީދޫން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ޚިދުމަތްތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!