ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ދޫނިދޫގައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މިގޮތުން ނައްތާލާފައިވަނީ 187 ބްރޭންޑެޑް ފުޅި، 217 ޕެޓް ފުޅި އަދި 788 ދަޅު ބިޔަރެވެ. މީގެ އިތުރުން އެހެނިހެން ތަކެތީގެ ގޮތުގައި 38 އައިޓަމް ވެސް ނައްތާލާފައިވެއެވެ.

Ad
rt

މިއަދު ނައްތާލި ބަނގުރަލަކީ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރަލެވެ. އަދި މީގެ ތެރޭގައި ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރަލާއި، ކޭސްކޮށްފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ވެސް ހިމެނެއެވެ.

ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެދަށުންނެވެ. ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި، ކޮތަޅު، ނޫސްކަރުދާސް، ކަރުދާސް ފޮށިގަނޑު އަދި ދަބަސް ފަދަ ތަކެތި ހިމެނެއެވެ.

ފުލުހުން މިފަދަ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލުމަކީ ޤާނޫނީ ގޮތުން މަނާ ތަކެތި މުޖުތަމަޢުން ނައްތާލުމަށް ކުރާ މަސައްކަތުގެ ބައެކެވެ.