ހުކުރު ދުވަހު ދުނިޔޭގެ އައިޓީ ނިޒާމުތަކަށް ދިމާވި މައްސަލަ އަލުން ތަކުރާރުވެދާނެކަމުގެ އިންޒާރުދީފިއެވެ.
ހުކުރު ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިޓީ ނިޒާމުތަކަށް ދިމާވި މައްސަލައަކީ ކްރައުޑްސްޓްރައިކްގެ އަޕްޑޭޓަކާއި މައިކްރޯސޮފްޓްގެ ވިންޑޯސް އޮޕަރޭޓިންގ ސިސްޓަމާ ދެމެދު އުފެދުނު ފުށުއެރުމެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ވަނީ ދުނިޔޭގެ ޓެކްނޮލޮޖީގެ ބޮޑެތި މީޑިއާތަކުން ހާމަކޮށްފައެވެ. މި ހާދިސާއިން ދައްކައިދެނީ މަދު ކުންފުނިތަކެއްގެ މައްޗަށް މުހިންމު ސޮފްޓްވެއަރތަކަށް ބަރޯސާވުމުގެ ނުރައްކާތެރިކަމެވެ.
މި ހާދިސާއާ ގުޅިގެން ގިނަ މުއައްސަސާތަކުގައި އައިޓީ ނިޒާމުތަކަށް މައްސަލަ ދިމާވުމުން އަމަލުކުރާނެ އެކަށީގެންވާ ޕްލޭނެއް ނެތްކަން ވަނީ ފާހަގަކުރެވިފައެވެ. މާހިރުން ލަފާދެނީ އައިޓީ ނިޒާމުތަކުގައި އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ބެކްއަޕް ޕްލޭންތައް ހިމެނުމަށެވެ.
އޮޕަރޭޓިންގ ސިސްޓަމްތަކާއި ސައިބަރ ސެކިއުރިޓީ ޕްރޮޑަކްޓްތަކުގެ މާކެޓް ހިއްސާ މަދު ފަރާތްތަކެއްގެ އަތުގައި އޮތުމަކީ ރެގިއުލޭޓަރުންނަށް ކަންބޮޑުވާ ކަމެކެވެ. މި ހާދިސާގައި އެއަރލައިންތަކަށް ވަނީ އެންމެ ބޮޑު އަސަރެއް ކޮށްފައެވެ. ބައެއް އެއަރލައިންތަކުން ވަނީ އަތުން ލިޔެގެން ބޯޑިންގ ޕާސްތައް ދޫކުރަން ޖެހިފައެވެ.
މުއައްސަސާތަކަށް ލަފާދެވެނީ ރިސްކް މެނޭޖްމަންޓްގައި "އޯލް-ހަޒާޑްސް އެޕްރޯޗް" އެއް ގެންގުޅުމަށެވެ. މީގެ އިތުރުން، 2038 ވަނަ އަހަރު ދިމާވެދާނެ "އެޕޮކަލިޕްސް" މައްސަލައަށް ސަމާލުކަން ދިނުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ. މިއީ ވައި2ކޭ މައްސަލައާ އެއްފަދަ މައްސަލައެކެވެ.
2038 ގެ މައްސަލައަށް ހައްލެއް ނުހޯދައިފިނަމަ، ގިނަ ނިޒާމުތަކަށް ވަގުތު ރެކޯޑުކުރުމުގައި ދަތިތަކެއް ކުރިމަތިވެ، ބޮޑެތި މައްސަލަތަކެއް ދިމާވެދާނެ ކަމަށް ބެލެވެއެވެ. ވައި2ކޭ މައްސަލައަށް ހައްލު ހޯދުމަށް ސަތޭކަ ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ޚަރަދުކުރަން ޖެހުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!