ފްރާންސް ލީގުގެ ލިލްއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ޑިފެންޑަރ ލެނީ ޔޯރޯ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.
އުމުރުން 18 އަހަރުގެ ޔޯރޯ ޔުނައިޓެޑަށް ސޮއިކޮށްފައި މިވަނީ 62 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުންނެވެ. އޭނާ ޔުނައިޓެޑާއިއެކު ހަދާފައިވަނީ ފަސް އަހަރު ދުވަހުގެ އެއްވަސްވުމެކެވެ. ބޭނުން ވެއްޖެ ހާލަތެއްގައި އެއްބަސްވުމަށް އެއް އަހަރު ދުވަސް އިތުރުކުރެވޭ މާއްދާ ހިމަނާފައިވާއިރު، އޭނާ ޔުނައިޓެޑާއިއެކު ހަދާފައިވާ އެއްބަސްވުނަ ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ނިމިދިޔަ ސީޒަންގައި ފްރާންސް ލީގުގެ ހަތަރުވަނަ ލިލް އިން ހޯދުމުގެ ޔޯރޯގެ ދައުރު ބޮޑެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ފްރާންސް ލީގުގައި 32 މެޗު ކުޅެ ދެ ލަނޑު ޖަހާފައެވެ. މިދިޔަ ސީޒަންގައި ފްރާންސް ލީގުގައި އެކުލަވާލި އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭ (ޓީމް އޮފް ދަ ސީޒަން) އޭނާ ވަނީ ހިމެނިފައެވެ.
މިދިޔަ ސީޒަންގައި ޔޯރޯ ވަނީ ލިލްއަށް 44 މެޗު ކުޅެފައެވެ. ޔުއެފާ ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލުގައި އެ ޓީމް ވާދަކުރިއެވެ. ކުއާޓާގައި އެ ޓީމް ބަލިވީ އެސްޓަންވިލާ އަތުން ޕެނަލްޓީ ޖަހައިގެންނެވެ.
އުމުރުން ޒުވާން މި ޑިފެންޑަރުގެ ހުޝިޔާރުކަމުން ޔޫރަޕްގެ ބޮޑެތި ބައެއް ކުލަބްތަކުގެ ލޯ އޭނާއަށް އަމާޒުވިއެވެ. އޭނާ ހޯދަން ޝައުގުވެރިކަން ފާޅުކުރި ޓީމްތަކުގެ ތެރޭގައި ރެއާލް މެޑްރިޑާއި ލިވަޕޫލްގެ އިތުރުން ޕީއެސްޖީ ހިމެނެއެވެ.
ކުރިއަށް އޮތް ސީޒަނަށް ޓީމް ވަރުގަދަ ކުރުމުގެ މަސައްކަތް ޔުނައިޓެޑުން ކުރަމުން އަންނައިރު އެ ޓީމުން ވަނީ 42 މިލިއަން ޑޮލަރަށް ބޮލޯނިއާގެ ފޯވާޑް، ޔޯސުއާ ޒިކްޒީ ގެ ސޮއި ވެސް ހޯދާފައެވެ،
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!