ހޮންކޮންގްގައި މަރުކަޒުކޮށްފައިވާ ނެޓްވޯކް ހާޑްވެއަރ ތައްޔާރުކުރާ ކުންފުންޏެއް ކަމަށްވާ ޖީއެލް.އައިނެޓްއިން ވަނީ ޕޮކެޓް ސައިޒްގެ ވައިފައި 6 ގިގަބިޓް ޓްރެވަލް ރައުޓަރެއް ތަޢާރަފުކޮށްފައެވެ. މި ރައުޓަރަކީ ޖީއެލް-އޭއެކްސްޓީ 1800 (ސްލޭޓް އޭއެކްސް) ގެ ނަމުގައި ތަޢާރަފުކޮށްފައިވާ އުފެއްދުމެކެވެ.
މި ރައުޓަރުގެ އެންމެ ޚާއްޞަ ސިފައަކީ ވަޔަރލެސްކޮށް ޕޯޓަބަލް ހާޑް ޑްރައިވް، އެކްސްޓަރނަލް އެސްއެސްޑީ، ޔޫއެސްބީ ފްލޭޝް ޑްރައިވް އަދި މައިކްރޯއެސްޑީ ކާޑު ބޭނުންކުރެވޭ ގޮތަށް ހުރުމެވެ. މިއީ ދަތުރުފަތުރުގައި ޑޭޓާ ރައްކާކުރުމަށާއި ބޭނުންކުރުމަށް ވަރަށް ފަސޭހަ އުފެއްދުމެކެވެ.
ޖީއެލް.އައިނެޓްއަކީ ޓްރެވަލް ރައުޓަރުތަކާއި، ސެލިއުލަރ ރައުޓަރުތަކާއި، އެންޓަރޕްރައިޒް ނެޓްވޯކް އުފެއްދުންތަކާއި، އަދި ސެކިއުރިޓީ ގޭޓްވޭތައް އުފައްދާ ކުންފުންޏެކެވެ. މި ކުންފުނިން އުފައްދާ އުފެއްދުންތަކަކީ ފެންވަރު ރަނގަޅު އުފެއްދުންތަކެއް ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
މި އައު ރައުޓަރަކީ ވައިފައި 6 ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ އުފެއްދުމަކަށްވުމާއެކު، އިންޓަރނެޓް ސްޕީޑު ހަލުވިކަމާއެކު ބޭނުންކުރެވޭނެއެވެ. އަދި ޕޮކެޓް ސައިޒްގެ އުފެއްދުމަކަށްވުމުން ދަތުރުފަތުރުގައި ގެންގުޅުމަށް ވަރަށް ފަސޭހަވާނެއެވެ.
މި ރައުޓަރ މިވަގުތު ވަރަށް ހެޔޮ އަގެއްގއި އެމެޒޯންއިން ދަނީ ވިއްކަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!