ޓްރަމްޕަށް ދެވުނު ބަޑީގެ ހަމަލާއާއި ގުޅިގެން މަހުޖަނު އީލޮން މަސްކް ޓްރަމްޕަށް ތާއީދުކުރާކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
ޕެންސިލްވޭނިއާގައި ބޭއްވުނު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރެލީއެއްގައި ހިނގި މި ހާދިސާގައި ޓްރަމްޕަށް ދެވުނު ހަމަލާގައި އޭނާވަނީ ޒަޚަމް ވެފައެވެ. މިކަމާ ގުޅިގެން ޓެސްލާގެ ސީއީއޯ އެލޮން މަސްކް ޓްރަމްޕަށް ފުރިހަމައަށް ތާއީދުކުރާކަން އިއުލާންކޮށްފައި ވާއިރު، މީގެ ކުރިންވެސް އޭނާގެ ސޯޝަލް މީޑިއާ އެކްސްގައި ކުރައްވާ ގިނަ ޕޯސްޓްތަކެއްގައި ޓްރަމްޕަށް ތާއީދުއޮތް ކަން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާ ހިނގި ދުވަހު، ހޮނިހިރު ދުވަހު، އެކްސް (ކުރީގެ ޓްވިޓަރ) ގައި ޕޯސްޓްކުރި މެސެޖެއްގައި މަސްކް ވަނީ ޓްރަމްޕަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. މި ޕޯސްޓް ކުރީ މި ހާދިސާގެ ޚަބަރު ފެތުރެމުންދިޔަ ވަގުތުގައެވެ.
I fully endorse President Trump and hope for his rapid recovery pic.twitter.com/ZdxkF63EqF
— Elon Musk (@elonmusk) July 13, 2024
މީގެ އިތުރުން، މަސްކް ވަނީ ޓްރަމްޕްގެ މޫނުމަތީގެ އެއްފަރާތުގައި ލޭ ފެންނަ ފޮޓޯއެއްވެސް ޕޯސްޓްކޮށްފައެވެ. މި ފޮޓޯގައި ޓްރަމްޕްގެ ގޮއްމުއްކަވާފައިވާ ކަނާތް އުފުލާލައިގެން ރެލީގައި ބައިވެރިވި މީހުންނާ ދިމާލަށް އިޝާރާތް ކުރައްވާތަން ފެނެއެވެ.
މި ހާދިސާ ހިނގީ ކިހިނެއްކަމާއި، ޓްރަމްޕަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން އެލޮން މަސްކް ވަނީ ޓްރަމްޕަށް ތާއީދުކުރާކަން ވަރަށް ސާފުކޮށް ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!