މައިކްރޯސޮފްޓްގެ ސީއީއޯ ސަޓްޔާ ނަދެއްލާ އެ ކުންފުނީގެ އިސްވެރިންގެ އަހަރީ ބައްދަލުވުމެއްގައި އެންމެ 20 މިނެޓުން 7.5 ބިލިއަން ޑޮލަރުގެ ޑީލެއް ނިންމާލައިފިއެވެ. މި ޑީލަކީ ދުނިޔޭގެ އެންމެ މުހިންމު އޯޕަން ސޯސް ކުންފުންޏެއް ކަމަށްވާ ގިޓްހަބް ގަތުމަށް ނިންމި ނިންމުމެވެ.

2014 ވަނަ އަހަރު މައިކްރޯސޮފްޓްގެ ސީއީއޯގެ މަޤާމާ ހަވާލުވި ފަހުން، ނަދެއްލާ ވަނީ 40 އަހަރު ވެފައިވާ މި ކުންފުނި އައު ގޮތަކަށް ބައްޓަން ކުރައްވާފައެވެ. އޭނާގެ ލީޑަރޝިޕްގެ ދަށުން މައިކްރޯސޮފްޓްގެ ކްލައުޑް ކޮމްޕިއުޓިންގ ވިޔަފާރި ދެގުނަ އިތުރުވެ، އެމެޒޯންގެ ފަހަތުން ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް އޮތް ކުންފުންޏަށް ވެފައިވެއެވެ.

Ad
rt

ގިޓްހަބް ގަތުމުގެ ޚިޔާލު ނަދެއްލާއަށް ހުށަހެޅީ ކުރީގެ މައިކްރޯސޮފްޓް އެގްޒެކެޓިވް ނެޓް ފްރީޑްމަންއެވެ. މިކަން ހިނގީ ކެސްކޭޑް ފަރުބަދަތަކުގައި ހުންނަ ސަންކަޑިއާ ރިސޯޓުގައި ބޭއްވި އަހަރީ އެގްޒެކެޓިވް ބައްދަލުވުމެއްގައެވެ. އެތައް އަހަރެއް ވަންދެން ގިޓްހަބް ގަތުމާ މެދު ބަހުސްކުރުމަށްފަހު، ނަދެއްލާ ވަނީ މި ޑީލް ނިންމުމަށް އެންމެ 20 މިނެޓު ހޭދަކޮށްފައެވެ.

މި ޑީލްގެ ސަބަބުން މައިކްރޯސޮފްޓަށް ވަނީ ޑިވެލޮޕަރުން ސޮފްޓްވެއަރ ކޯޑް ޙިއްސާކޮށް އެއްބާރުލުން ދޭ އެންމެ މުހިންމު ޕްލެޓްފޯމް ލިބިފައެވެ. މިއީ ނަދެއްލާގެ ލީޑަރޝިޕްގެ ދަށުން މައިކްރޯސޮފްޓުން އޯޕަން ސޯސް ޓެކްނޮލޮޖީއަށް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.