ކ. އެރިޔަދޫ ރިސޯޓުގައި މަރުވެވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެރިޔަދޫ ރިސޯޓުގެ ކޮޓިރިއެއްގައި މަރުވެފައި އޮތް ކަމަށް ބެލެވޭ އުމުރުން 60 އަހަރުގެ ރަޝިއާ ފިރިހެނެއް އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު މެންދުރު 14:22 ގައި ލިބުނުކަމަށެވެ.
އެކަމުގެ މަޢުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް އެ ރިސޯޓަށް ގޮސް އެ މީހާގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗްއަށަ ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!