އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ، އެކި ހިދުމަތްތަކަށް ފައިސާ ދެއްކުމަށްސަރުކާރުގެ ރަސްމީ ޕޯޓަލް ބަނޑޭރި ޕޭއިން ޕޭމަންޓް އޮޕްޝަނެއްގެ ގޮތުގައިބޭނުންކުރަން ފަށައިފިއެވެ.
މިއީ ފައިސާގެ މުއާމަލާތްތައް ޑިޖިޓައިޒްކޮށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަން އިތުރުވެ ލިބިގެންދާ ވަރަށްބޮޑު ކުރިއެރުމެއްކަމަށް އުރީދޫން ބުންޏެވެ. އެގޮތުން، ބަނޑޭރި ޕޭއަށް އެމް-ފައިސާ ހިމެނުމާއެކު، ސަރުކާރުގެ ހިދުމަތްތަކަށް ބޭނުންވާފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައި މެދުކެނޑުމެއް ނެތި، ރައްކާތެރި އަދިހަރުދަނާ ގޮތްތަކެއް ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވޭނެ ކަމަށް ބުންޏެވެ.
“ލައިސަންސަށްފައިސާ ދެއްކިޔަސް، ހުއްދައަށް ވިޔަސް، ނުވަތަ ސަރުކާރާ ގުޅުންހުރި އެހެން ފީއަކަށްވިޔަސް، އެމް-ފައިސާ މެދުވެރިކޮށް މޮބައިލް ޑިވައިސްއެއްގެ އެހީގައި އުނދަގުލެއް ނެތިޑިޖިޓަލް ޕޭމަންޓް އެކްސްޕީރިއަންސެއް ކަށަވަރުކޮށްދޭ ޙިދުމަތެއް” އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ވިދާޅުވީ އެމް-ފައިސާ ބަނޑޭރި ޕޭއަށްގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. މި އިންޓަގްރޭޝަނަކީ ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ބޭނުންހިފުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށާއި އެމް-ފައިސާއާއެކު، ޑިޖިޓަލް ޕޭމަންޓްތައް އިތުރަށްފަސޭހަކޮށްދިނުމުގެ އިތުރުން ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ފުޅާކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުރީދޫގެ އީޖާދީ ޑިޖިޓަލް ވޮލެޓް، އެމް-ފައިސާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ވިސްނައިގެން، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ގިނަފީޗާތަކެއް ހިމަނައިގެންނެވެ.
މިގޮތުން އެމް-ފައިސާ މެދުވެރިކޮށް:
• އަވަސް އަދި ފަސޭހަ ޕޭމަންޓް: ފިޒިކަލް ކޭޝް ނުވަތަ ދިގު ޕްރޮސެސްތަކެއް ބޭނުންނުކޮށް ސަރުކާރުގެ ހިދުމަތްތަކަށް ވަގުތުން ފައިސާ ދެއްކުން.
• ސެކިއުރިޓީ އިތުރުކުރުން: ކޮންމެ މުއާމަލާތެއް ވެސް ހިމާޔަތްކުރާ އެންމެ ޒަމާނީސަލާމަތީ ފިޔަވަޅުތަކާއެކު ނަފްސުގެ ހަމަޖެހުން ހޯދުން.
• ޔޫޒަ ފްރެންޑްލީ އިންޓަފޭސް: ފަސޭހަކަމާއެކު މުއާމަލާތްތައް ނެވިގޭޓްކޮށްފުރިހަމަކޮށް، ޑިޖިޓަލް ޕޭމަންޓްތައް ކޮންމެ މީހަކަށްވެސް ލިބޭނެ އިންތިޒާމްހަމަޖެއްސުން.
• 24/7 މެދުނުކެނޑޭ ޚިދުމަތް: އެމް-ފައިސާ ބޭނުންކުރުން ކޮންމެ ވަގުތަކު، ކޮންމެތަނެއްގައި ވެސް، މެދުކެނޑުމެއް ނެތި ހިދުމަތް ކަށަވަރުކުރުން.
އުރީދޫ މޯލްޑިވްސްއިން މަސައްކަތް ކުރަމުން ދަނީ ޑިޖިޓަލް ހިދުމަތްތައް އީޖާދުކޮށްފުޅާކުރަމުންނެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕްގައި އެންމެ އިސް ދައުރެއް އަދާކުރާފަރާތެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްގެ ދައުރު އިތުރަށް ހަރުދަނާކުރަމުންނެވެ.
ބަނޑޭރި ޕޭގައި އެމް-ފައިސާ ބޭނުންކުރެވެން ފެށުމުން، ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގައި އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުރީދޫން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!