އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުގެ ދަރިފުޅު ޢަބްދުﷲ މާހިލް ޝަހީމަށް މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ވަޒީފާއެއް ހަމަޖައްސާފައިވާކަމަށް ބުނެ ފަތުރަނީ ދޮގެއްކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މާހިލް އާއި ގުޅުވައި މީސް މީޑިއާގައި ފަތުރަމުންދާ ގޮތުގައި މާހިލް އަށް ދީފައިވަނީ ލައްކައަކަށްވުރެ ގިނަ ރުފިޔާގެ އިނާޔަތާއެކު މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ތާރޑް ސެކެޓްރީގެ މަގާމު ކަމަށެވެ.
އެ މައުލޫމާތު އެނގޭ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ވަޒީރު ޝަހީމްގެ ދަރިފުޅު މާހިލްއަށް މެލޭޝިއާ އެމްބަސީއިން ވަޒީފާ ދިން ކަމަށްބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށެވެ.
ވަޒީރު ޝަހީމްގެ ދަރިފުޅު، މާހިލްއަކީ ތައުލީމީ ޙަޔާތުގައި ކާމިޔާބު ޒުވާނެކެވެ. ޖަމާލުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލާއި ތާޖުއްދީން ސްކޫލާއި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ތަޢުލީމު ޙާޞިލްކުރި މާހިލް ސްކޫލް ދައުރު ނިންމާފައިވަނީ އަހްމަދިއްޔާގެ ކެޕްޓަންކަން ކޮށްފައެވެ. އަދި އޯލެވެލް ޓޮޕްޓެން ގައި ހިމެނިފައެވެ.
އެއަށް ފަހު މާހިލްވަނީ އިނގިރޭސިވިލާތުގެ ބްރިކްފީލްޑް އޭސިއާ ކޮލެޖުން ޤާނޫނީ ދާއިރާއިން ފައުންޑޭޝަން ފުރިހަމަކޮށްފައެވެ. އަދި ވިލާ ކޮލެޖުން ޝަރީޢާ އެންޑް ލޯ އިން ފައުންޑޭޝަން ޙާޞިލްކޮށްފައެވެ. އަދި މާހިލްވަނީ އެމެރިކާގެ އިސްލާމިކް އިންސްޓްޓިއުޓެއްކަމުގައިވާ އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައިއައިއައިޓީ) ސްކޮލަރޝިޕް ޙާޞިލްކޮށްފައެވެ.
މާހިލް ތަޢުލީމު ޙާޞިލްކުރަމުންދަނީ އިންޓަރނޭޝަނަލް ރިލޭޝަންސް ދާއިރާއިން މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައެވެ. މާހިލް އަކީ އެ ޔުނިވަރސިޓީގެ ހިއުމަން ސައިންސް ކޮލެޖުގެ އެބެޗްގެ 1 ވަނައެވެ. މިއަހަރު މާހިލް ޑިގްރީ ފުރިހަމަ ކުރާއިރު، މާހިލްއަކީ ޔުނިވަރސިޓީގެ ކޮލެޖްގެ ސްޓޫޑެންޓް ޔޫނިއަންގެ ނައިބް ރައީސެވެ.
މާހިލްއަކީ ރާއްޖޭގެ ޔޫތު ލީޑަރސް ކައުންސިލްގެ މެމްބަރެއްވެސް މެއެވެ. އަދި އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ)ގެ ނައިބް ރައީސް އިންޓަރނޭޝަނަލް އެފެއާޒްއެވެ. އަދި ބައްޕާފުޅު އުފައްދަވާފައިވާ މަދީނާ އިންވެސްޓްމަންގެ ޑިރެކްޓަރެކެވެ. އަދި އެންގްރީ ޝެފް ރެސްޓޯރަންޓްގެ އޯނަރެވެ. މާހިލްހެ އަންބަކާއި ދަރިކަލަކު ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!