ފުލުހަކާއި އޭނާގެ އާއިލާ އަށް ގޭންގަކުން ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި މި ފުލުސް މީހާ ދިރިއުޅެމުން އަންނަނީ ހުޅުމާލޭގައެވެ. އެކަމަކު، އޭނާ މަސައްކަތް ކުރަމުން އަންނަނީ މާލޭގައެވެ.

Ad
rt

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައި ބުނެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ ގޭންގަކުން ފުލުހަކަށް އިންޒާރުދީ ބްލެކްމެއިލް ކުރަމުންދާ ކަމަށާއި، އޭނާގެ އާއިލާއަށް ވެސް ބިރު ދައްކަމުންދާ ކަމަށެވެ.

ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް ނުރައްކާތެރި ކުށްކުރާކަމަށް ތުހުމަތުކުރެވޭ އެއްވެސް ގްރޫޕެއް ނުވަތަ ނެޓްވޯކަކާ، ނުވަތަ އެފަދަ ކުށަކާ އެކަމާ ގުޅުމެއް އޮތްކަމަކަށް އަދި ފާހަގައެެއް ނުކުރެވޭ ކަމަށް ޝިފާން ވިދާޅުވިއެވެ.

ފުލުހުންނަށް ބިރު ދެއްކުމުގެ މައްސަލަތައް މީގެކުރިން ވެސް ފާހަގަކުރެވިފައިވެއެވެ. އެފަދަ މައްސަލަތައް ފުލުހުން ނަގަނީ ވަރަށް ސީރިއަސްކޮށެވެ.