ވަންޕްލަސްގެ އަހަރީ އިވެންޓް މިހިނގާ ޖުލައި 19 ގައި ބޭއްވުމަށް ނިންމައިފިއެވެ.

މި އިވެންޓުގައި ވަންޕްލަސްއިން އައު ޕްރޮޑަކްޓްތަކެއް ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

އިޓަލީގެ މިލާން ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓުގައި ވަންޕްލަސް ޕެޑް 2، ވަންޕްލަސް ނޯޑް ބަޑްސް 3 ޕްރޯ، ވަންޕްލަސް ވޮޗް 2އާރު އަދި ވަންޕްލަސް ނޯޑް 4 ސްމާޓްފޯނު ތަޢާރަފުކުރާނެއެވެ. މި އިވެންޓް ވަންޕްލަސްގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް ދައްކާނެއެވެ.

ވަންޕްލަސް ޕެޑް 2 އަކީ ފުރަތަމަ ވަންޕްލަސް ޕެޑްގެ ކާމިޔާބީގެ ފަހުން ތަޢާރަފުކުރާ އައު ފްލެގްޝިޕް ޕްރޮޑަކްޓިވިޓީ ޓެބްލެޓެކެވެ. އަދި ވަންޕްލަސް ނޯޑް ބަޑްސް 3 ޕްރޯ އަކީ މެދު ފަންތީގެ އޭއެންސީ އިޔަރބަޑްސްގެ އެންމެ މަތީ ފެންވަރުގެ އުފެއްދުމެކެވެ.

ވަންޕްލަސް ވޮޗް 2އާރު އަކީ ލުއި ވެއަރ އޯއެސް ސްމާޓްވޮޗެކެވެ. އަދި މިއީ އަގުހެޔޮ އޮޕްޝަނެއްގެ ގޮތުގައި ތަޢާރަފުކުރާ އުފެއްދުމެއް ކަމަށް ބެލެވެއެވެ. މީގެ އިތުރުން ވަންޕްލަސް ނޯޑް 4 އަކީ 5ޖީ ޒަމާނުގެ ހަމައެކަނި އޯލް-މެޓަލް އަނިބޮޑީ ސްމާޓްފޯނު ކަމަށް ވަންޕްލަސްއިން ބުނެފައިވެއެވެ.

މި އިވެންޓުގެ ކުރިން ވަންޕްލަސްއިން އުފެއްދުންތަކުގެ ނަންތައް ހާމަކޮށްފައިވަނީ ލީކަރުންނަށްވުރެ ކުރިން މަޢުލޫމާތު ހާމަކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ. މި އިވެންޓް އިޢުލާންކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަންޕްލަސް ނޯޑް 4 ގެ ފޮޓޯތަކެއް ވަނީ ލީކްވެފައެވެ.