އެމްޓީސީސީން ޔޫރޯއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނުގައި ބައިވެރިވި ފަރާތްތަކަށް އޮޅުވާލައިގެން "ފިޝިން ސްކޭމް" އަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

އެމްޓީސީސީއިން އާއްމު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ ޔޫރޯ ޕްރޮމޯޝަންގައި ބައިވެރިވި ފަރާތްތަކަށް އޮޅުވާލައިގެން "ފިޝިން ސްކޭމް" އެއް ކުރިއަށް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ ސަމާލުވުމަށް އިލްތިމާސްކުރެއެވެ.

Ad
rt

ޔޫރޯ ޕްރޮމޯގައި ބައިވެރިވި ފަރާތްތަކަށް ވަކި ވަގުތެއްގެ ކުރިން ރަޖިސްޓްރީވާން ޖެހޭ ކަމަށް ބުނެ އެއް ވެސް ފަރާތަކުން މެސެޖެއް ނުވަތަ ލިންކެއް ފޮނުވައިފިނަމަ އެއަށް ނުފިއްތުމަށް އެމްޓީސީސީން އިލްތިމާސް ކުރެއެވެ.

މިފަދަ ސްކޭމްއެއްގެ ޝިކާރައަކަށްވެ ޕާސްވޯޑު ނުދަންނަ ފަރާތަކަށް ދެވިފައިވާނަމަ އަވަހަށް ޕާސްވޯޑު ބަދަލު ކުރުމަށް ވެސް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

އޮންލައިން ސްކޭމްތައް ގިނަވެފައިވާ ދުވަސްކޮޅަކަށް ވާތީ, އިތުރު ރައްކާތެރިކަމަށް ޓަކައި އޯޓީޕީ އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށާއި ޓޫ ފެކްޓާ އޯތެންޓިކޭޝަން އެކްޓިވޭޓް ކޮށްފައި ބެހެއްޓުމަށް އެ ކުންފުނިން ވަނީ ލަފާދީފައެވެ.