ހަށިވިއްކާކަމުގެ ތުހުމަތުގައި މާލޭގެ ސްޕާއަކުން ދިވެއްސަކާއި ތައިލެންޑް ތިން އަންހެނުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ރޭގައި ބުނީ މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކާކަމަށް އެ އިދާރާއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

Ad
rt

މި މައުލޫމާތާއި ގުޅިގެން ފުލުހުން ރޭ ހިނގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލާފާސްކޮށްފައިވާކަމަށް ފުލުހުންބުންޏެވެ.

މި އޮޕަރޭޝަންގައި ފުލުހުން ވަނީ ދިވެހި ފިރިހެނަކާއި ތައިލެންޑަށް ނިސްބަތްވާ ތިން އަންހެނުން އެތަނުން ހައްޔަރުކޮށްފައެވެ.

ހައްޔަރުކުރި ދިވެހި މީހާއަކީ 50 އަހަރުގެ މީހެކެވެ. ތައިލެންޑް ތިން އަންހެނުންކުރެ ދެ މީހުންނަކީ 30 އަހަރުގެ ދެ މީހުންނެވެ. އަނެއް އަންހެން މީހާ އަކީ 28 އަހަރުގެ މީހެކެވެ.

ބުދަ ރޭ ވެސް ވަނީ މާލެގައި ފުޅާ ދާއިރާގައި ހަށި ވިއްކި ދެ ބިދޭސީ އަންހެނުން ހައްޔަރުކޮށްފައެވެ.