އުރީދޫ މޯލްޑިވްސް އާއި ފްރީޑައިވިން އިންސްޓްރަކްޓަރސް އިންޓަނޭޝަނަލް(އެފްއައިއައި) ގުޅިގެން ރާއްޖޭގައި ކުރިއަރަމުން އަންނަ ފްރީޑައިވިން ކޮމިއުނިޓީއަށްހާއްސަ ހަރަކާތެއް އިއުލާނުކޮށްފިއެވެ.
"ސޭފް ބިނީތް ދަ ސާފޭސް: ފްރީޑައިވިން ސޭފްޓީސެޝަން ވިތް އަ ވޯލްޑް ޗެމްޕިއަން" ގެ ނަމުގައި ކުރިއަށް ގެންދާ މި ސެޝަންގެ މަގުސަދަކީ ޑައިވް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށާއި ހާދިސާތަކުން ސަލާމަތްވުމަށް އެހީތެރިވެދިނުމާއި ބެސްޓް ޕްރެކްޓިސްތައް ޕްރޮމޯޓް ކުރުމެވެ. މިސެޝަން ބާއްވަން ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:00 ގައި ހުޅުމާލޭގައިހުންނަ އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްގައެވެ.
މި ސެޝަންގައި އިސްކޮށް ހަރަކާތްތެރިވާނީ އެފްއައިއައިގެ މަޝްހޫރު ދެ ސްޕީކަރުންކަމަށްވާ އެމެރިކާގެ ފުރަތަމަ އަދި ހަމައެކަނި ރެކްރިއޭޝަނަލް ފްރީޑައިވިން އެޑިއުކޭޝަންއެޖެންސީއިން ކަމަށް އުރީދޫއިން ބުންޏެވެ.
މާޓިން ސްޓެޕަނެކް:
މާޓިން ސްޓެޕަނެކް އަކީ 13 ފަހަރު ވޯލްޑް ރެކޯޑް ހަދާފައިވާ ފްރީޑައިވަރެއްގެ އިތުރުންމިކުޅިވަރުގެ ތާރީހުގައި އުފެދުނު މޮޅު ފްރީޑައިވަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާވަނީ އެއް ނޭވާގައި 400 ފޫޓަށްވުރެ އަޑިއަށް ފީނާފައެވެ.
މާޓިން އަކީ ފްރީޑައިވިންގެ ފަހަތުގައިވާފިޒިއޮލޮޖީއަށް ޝައުގުވެރިވާ އަދި ހާވާޑް ޔުނިވާސިޓީ އާއި ސްވިޑެންގެ ކަރޮލިންސްކާ އިންސްޓިޓިއުޓްގެ އިސް ސައިންސްވެރިންނާ ގުޅިގެން މި ކުޅިވަރުގެ ފަހަތުގައިވާ ބައެއްފިޒިއޮލޮޖިކަލް ސިއްރުތައް ހޯދުމަށް މަސައްކަތް ކޮށްފައިވާ މީހެކެވެ.
މިހާރު ކުރިއަށްދާ މިދިރާސާގައި އޭނާގެ ބައިވެރިވުމުގެ ސަބަބުން ސައިންސްވެރިންނަށް ފްރީޑައިވަރުންނަށް ކަނޑުގެ އަޑީގެ ޕްރެޝަރުގައި ދިމާވާ ކަންކަން ރަނގަޅަށްދެނެގަނެވޭނެއެވެ.
އެރޯލް ޕުޓިނަމް:
ކެނެޑާގެ ޓޮރޮންޓޯގެ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފްރީޑައިވިންއިންސްޓްރަކްޓަރެއް ކަމަށްވާ އެރޯލް އަކީ ކުޑައިރުއްސުރެ ފްރީޑައިވިންގެ ދުނިޔޭގައިއުޅެމުން އަންނަ ފަރާތެކެވެ. އޭނާ އަކީ އެފްއައިއައިގައި މާޓިން ސްޓެޕަނެކްއާ އެކު ވަރަށްގާތުން މަސައްކަތް ކުރާ އަދި ސްޓެޕަނެކާއެކު އެފްއައިއައިގެ ޖޫނިއާ ފްރީޑައިވާ ޕްރޮގްރާމްފަދަ ކަރިކިއުލަމް ޑިވެލޮޕް ކުރުމަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ ޑިމާންޑް ބޮޑު ފްރީޑައިވިން އިންސްޓްރަކްޓަރުންގެ ތެރޭގައި ހިމެނޭ އިންސްޓްރަކްޓަރެކެވެ.
އޭނާ ކިޔަވައިދެނީއެމެރިކާ، ބަހާމާސް، ޕުއެޓޯ ރިކޯ، ސްޕެއިން އަދި ގަތަރުގެ އެކި ކަންކޮޅުތަކުގައިރިކްރިއޭޝަނަލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް ސެޓްފިކޭޝަން ކޯސްތަކެވެ.
އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސްގައިމުޖުތަމައުތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް ކުރާމަސައްކަތްތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ. މި ފްރީޑައިވިން ސޭފްޓީ ސެޝަނަކީ،ރާއްޖޭގައި ކުރިއަރަމުން އަންނަ ފްރީޑައިވަރުންގެ މުޖުތަމަޢަށް، ރައްކާތެރިކަމުގެއެންމެ މަތީ މިންގަނޑުތަކާއެކު، އެމީހުންގެ ޝައުޤުވެރިކަން ކުރިއަށް ގެންދެވޭނެ މަގުފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“އެފްއައިއައިއާ ގުޅިގެން ދުނިޔޭގެފެންވަރުގެ ތަޖުރިބާ ރާއްޖެއަށް ގެނައުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް.” އުރީދޫގެ ސީއީއޯ ވިދާޅުވިއެވެ.
އެފްއައިއައިގެ ފައުންޑަ މާޓިން ސްޓެޕަނެކް ބުނީ ފްރީޑައިވިންއަކީ ހަމައެކަނިޖިސްމާނީ އަދި ނަފްސާނީ ހަރުދަނާކަމެއް ނޫން ކަމަށާއި ސަލާމަތީ ކަންކަމާ މެދު ވަރަށްބޮޑަށް ވިސްނަން ޖެހޭ ވަރަށް ރީތި އަދި ޗެލެންޖިން ކުޅިވަރެއް ކަމަށެވެ. މި ހަރަކާތުގެ ޒަރިއްޔާއިން ދިވެހި ފްރީޑައިވިންގ ކޮމިއުނިޓީއަށް ރައްކާތެރިކަމާއި ޔަޤީންކަމާއެކު ޑައިވްކުރުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު އިތުރަށް ތަނަވަސްކޮށްދިނުމަކީ އަމާޒެއް ކަމަށް އޭނާ ބުންޏެވެ.
މި ސެޝަނަށް ore.do/freedive މެދުވެރިކޮށް ހިލޭ ރަޖިސްޓްރީ ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!