މަޝްހޫރު ކޯލަރ އައިޑީ ޕްލެޓްފޯމް ކަމަށްވާ ޓްރޫކޯލަރ އިން މޮބައިލް މަކަރާއި ހީލަތުން ކަސްޓަމަރުން ރައްކާތެރިކުރުމުގެ ގޮތުން ގްރައުންޑްބްރޭކިން އިންޝުއަރެންސް ޕްރޮޓެކްޝަން ޕްލޭނެއް ތައާރަފްކޮށްފިއެވެ. "ޓްރޫކޯލާ ފްރޯޑް އިންޝުއަރެންސް" ގެ ނަމުން ނަން ދީފައިވާ މި އާ އޮފާއަކީ ޑިޖިޓަލް ޒަމާނުގައި ބޭނުންކުރާ މީހުންގެ ރައްކާތެރިކަން އިތުރުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އިންޑިއާގައި މިހާރު އެކްސްކްލޫސިވްކޮށް ލިބެން ހުރި މި އިންޝުއަރެންސް ޕްލޭން އަކީ އެންޑްރޮއިޑް އަދި އައިއޯއެސް ޕްލެޓްފޯމްތަކުން ވެސް ޕޭޑް ސަބްސްކްރައިބަރުންނަށް ދެމުން އަންނަ ޕްލޭނެކެވެ. ޓްރޫކޯލާ އިން ވަނީ އެޗްޑީއެފްސީ އާއި އެރްގޯ އިންޓަނޭޝަނަލް ގުޅިގެން އުފައްދާފައިވާ އެޗްޑީއެފްސީ އެރްގޯއާ ގުޅިގެން މި ހިދުމަތް ފޯރުކޮށްދީފަ އެވެ.
މިޚިދުމަތް ތަޢާރަފްކުރި ނަމަވެސް މި އިންޝުއަރެންސް ޓްރޫކޯލާ ބޭނުންކުރާ ހުރިހާ ފަރާތްތަކަށް އަދި ނުލިބެ އެވެ. މިއީ މައިގަނޑު ގޮތެއްގައި އަހަރީ ޕްރިމިއަމް ކަސްޓަމަރުންނަށް ދޭ އެއްޗެއް ނަމަވެސް، އެހެން ކަސްޓަމަރުންނަށް މި ފައިދާ ހޯދުމުގެ ޕްލޭންތައް އަޕްގްރޭޑް ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ޓްރޫކޯލަރ ފެމިލީ ސަބްސްކްރައިބަރުންގެ ޕްލޭންގައި ހިމެނޭ ހުރިހާ މެންބަރުންނަށް ވެސް މި ރައްކާތެރިކަން ފޯރުކޮށްދެވިދާނެއެވެ.
އަދި ކުރިއަށް އޮތް ތަނުގައި އެހެން ސަރަޙައްދުތަކުގައި ވެސް މި ފީޗާ ތައާރަފްކުރަން ނިންމާފައިވާ ކަމުގެ އިޝާރާތެއް އެ ކުންފުނިން ދީފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޮބައިލް ސެކިއުރިޓީއަށް އޭގެ އަސަރު އިތުރަށް ފުޅާވެގެން ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މޮބައިލް މެދުވެރިކޮށް ހިންގާ ސްކޭމްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ މައްސަލައެކެވެ. އެހެންކަމުން ޓްރޫކޯލާގެ އިނޮވޭޓިވް މި އެޕްރޯޗަކީ ޓެކްނޮލޮޖީ އާއި މާލީ ރައްކާތެރިކަން އެއްކޮށް، ޑިޖިޓަލް ސްކޭމްތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ޓެކްރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!