މިދިޔަ މެއި މަހު ހެލިކޮޕްޓަރެއް ވެއްޓި އީރާނުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާ ގުޅިގެން އާ ރައީސަކު ހޮވުމަށް އީރާނުގައި ވޯޓުލުން ކުރިއަށް ކުރިއަށް ގެންގޮސިއެވެ.
އީރާނުގެ 61.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިރު، މި އިންތިހާބުގައި ފުޅާ ދާއިރާއެއްގައި ބޮއިކޮޓް ކުރުމާއި ސަރުކާރު އޮޅުވާލުމުގެ ތުހުމަތުތައް ވަނީ ބޮޑުވެފައެވެ.
މި އިންތިހާބުގައި ހަތަރު ކެނޑިޑޭޓުން ވާދަކުރާއިރު، ކޮންޒަވޭޓިވް ޕާޓީގެ އެންމެ ކުރީގައި ތިއްބެވީ ސައީދު ޖަލީލީ އާއި މުހައްމަދު ބަގޭރު ގާލިބާފެވެ. އުމުރުން 69 އަހަރުގެ ހިތުގެ ސާޖަން މަސްއޫދު ޕެޒެޝްކިއަން އަކީ ވާދަކުރުމުގެ ހުއްދަ ދީފައިވާ ހަމައެކަނި އިސްލާހީ ކެނޑިޑޭޓެވެ.
މި އިންތިޚާބަކީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު، ވޯޓުލާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް ހީނަރުވެފައިވާ އިންތިޚާބެކެވެ. މިދިޔަ އަހަރު ބޭއްވި ޕާލަމެންޓް އިންތިހާބުގައި ވެސް ވޯޓްލައިފައިވަނީ 41 އިންސައްތައަށްވުރެ މަދުރައްޔިތުން ކަމަށްވާއިރު، ތެހެރާނުގައި ވޯޓްލާން ނިކުމެފައިވަނީ އެންމެ 10 އިންސައްތައަށްވުރެ ދަށް އަދަދެކެވެ.
އިންތިޚާބުގެ މައިގަނޑު މައްސަލަތަކުގެ ތެރޭގައި އީރާނުގެ އިޤްތިޞާދު ހީނަރުވުމާއި، ހުޅަނގާއެކު އޮންނަ ގުޅުމާއި، 2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމުގެ މުސްތަޤްބަލް ހިމެނެއެވެ. ޖަލީލީ ނިއުކްލިއާ އެއްބަސްވުމާ ދެކޮޅު ހަދައި، އިރުމަތީގެ ގައުމުތަކާ އެކު ގުޅުން ބަދަހި ކުރުމަށް ވަކާލާތު ކުރާއިރު، ގާލިބާފުން ވަނީ އެ އެއްބަސްވުން އަލުން އިއާދަކުރުމަށް މަޝްވަރާ ކުރަން ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ވޯޓުލާ މީހުންގެ ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުން ކުރިން ކަނޑައެޅި ވަގުތަށްވުރެ އިތުރަށް ވޯޓުލުމުގެ ވަގުތު ވަނީ އިތުރުކޮށްފައެވެ. ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ނުލިބިއްޖެނަމަ، ރަންއޮފްވުމުގެ ފުރުސަތު އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!