ބޮލިވިއާގެ ސަރުކާރު ވައްޓާލަން ހިންގި ބަޣާވާތް ނާކާމިޔާބު ކޮށްލައި އެކަމުގައި އިސްކޮށް އުޅުނު ލީޑަރު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކުން ބުނީ ވެރިރަށް ލަ ޕާޒްގައި ހުންނަ ރިޔާސީ ގަނޑުވަރާއި ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ މުރިލޯ ސްކެއާ އަށް އެއްވެ، ސަރުކާރު ވައްޓައިލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރީ މަގާމުން ދުރުކޮށްފައިވާ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ޖުއާން ޖޯސް ޒުނީގާ ކަމަށެވެ.

Ad
rt

އޭނަ އާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ރިޔާސީ ގަނޑުވަރު ސަރަހައްދަށް އެއްވުމާ ގުޅިގެން ސިފައިންނާއި ފުލުހުހުން ނުކުމެ، އެ ސަރަހައްދު ސަލާމަތީ ބާރުތަކުގެ ކޮންޓްރޯލްގެ ދަށަށް އެއްކޮށް ގެންގޮސް، އެއްވި މީހުން ދުރަށް ޖައްސާފައިވެ އެވެ.

ސަލާމަތީ ބާރުތަކުން ޖުއާން ޖޯސް ޒުނީގާ ހައްޔަރުކޮށްގެން ގެންދަނީ، ފޮޓޯ: އަލްޖަޒީރާ

ސަރުކާރުން ވައްޓައިލަން އުޅުމުގެ ތުހުމަތުގައި ޖުއާން ހައްޔަރުކުރި އިރު ވިދާޅުވީ ރައީސް ލުއިސް އާސީ އަށް އިހުތިރާމު ކުރައްވާ ކަމަށާއި އެކަމަކު ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުންނަން ޖެހުނީ ޑިމޮކްރަސީގެ ދިފާއުގައި ކަމަށެވެ. އަދި ބޮލިވިއާގެ ކަންކަން ޑިމޮކްރަސީއާ ދުރަށްދާތީ "ޑިމޮކްރަސީ ރިސްޓްރަކްޗް ކުރަން" ބޭނުންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ބަޣާވާތް ކުށްވެރިކޮށް ބޮލީވިއާގެ ރައީސް ވަނީ އެފަދަ ޣައްދާރުންނާ ދެކޮޅަށް އެންމެން އެކީގައި މަސައްކަތް ކުރަން ގޮވާލައްވައިފައެވެ. 2020 ގައި ވެރިކަމަސް ވަޑައިގެންނެވި ލުއިސް ވިދާޅުވީ ބޮލީވިއާގައި ބަޢާވާތް ކުރަން ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.

ރައީސް މިހާރު ވަނީ އަސްކަރިއްޔާގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ވެސް ގެންނަން ނިންމަވައިފައެވެ.