އިންޑިއާގެ ބޮޑުވަޒިރު މޯދީގެ ރަސްމީ ދަތުރުފުޅެއްގައި ރަޝިޔާއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ މޯދީ ތިން ވަނަ ދައުރަށް ހުވާކުރެއްވިފަހުން ބޭރުގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެވެ. މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރައްވަނީ ރަޝިޔާއަށް ކަމަށް ރަޝިޔާގެ ދައުލަތުގެ މީޑިއާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.
ރަޝިޔާގެ ރައީސް އޮފީހުގެ އޮފިޝަލަކާއި ހަވާލާދީ އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރިގޮތުގައި މޯދީ ރަޝިޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.
އެހެން ނަމަވެސް މޯދީ ރަޝިޔާއަށް ވަޑައިގަންނަވާ ސީދާ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި މޯދީ ތިން ވަނަ ދައުރަށް ހުވާކުރެއްވިފަހުން ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް ރަޝިޔާއަށް ވަޑައިގަތުމަށް ދައުވަތު އަރުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!