ލ. މުންޑޫގައި މީގެ ހަތް އަހަރު ކުރިން މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލައިގައި ކުށް ސާބިތުވި އަލީ ސިފާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު ހައިކޯޓުގައި މިއަދު ފަށައިފި އެވެ.

މާޗް, 2014 ގައި ޒިޔަދަމް މަރާލި މައްސަލައިގައި އަލީ ސިފާމް އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއިރު ހަމަ އެ މައްސަލައިގައި އެ ރަށު ހީނާވިލާ މުހައްމަދު ޝަނޫން މެރުމަށް ވަނީ 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

Ad
rt

އެ ހުކުމް އިސްތިއުނާފްކުރަން ސިފާމްގެ ފަރާތުން ހުށަހެޅި މައްސަލާގައި ހައި ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ސިފާމްގެ ވަކީލުން ބުނީ އޭނާގެ މައްޗަށް އަދަބު ކަނޑައެޅޭނީ ގާނޫނުލް އުގޫބާތުގެ ދަށުން އޮންނަ ލުއި އަދަބު ކަމަށެވެ.

އެހެންވެ, ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް, ލުއި އަދަބު ކަނޑައަޅަން ވަކީލުން އެދުނެވެ.

ނަމަވެސް ދައުލަތުން ބުނީ ޒިޔަދަމްގެ މައްޗަށް އަދަބު ކަނޑައެޅީ ރަނގަޅަށް ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.