އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ޓިކްޓޮކާ ދެކޮޅަށް ދައުވާ ކުރަން ތައްޔާރުވަމުން އަންނަކަމަށް އެ ޤައުމުގެ ބައެއް މީޑިއާތަކުން ބުނެފިއެވެ.

އެމެރިކާއިން ޓިކްޓޮކާ ދެކޮޅަށް މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުޑަކުދިންގެ ޕްރައިވެސީ ރައިޓްސް އަށް އުނިކަން ލިބޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކަށެވެ.

Ad
rt

މި މައްސަލަ މައިގަނޑު ގޮތެއްގައި އަމާޒުވާނީ ކުޑަކުދިންގެ ޕްރައިވެސީ ހިމާޔަތް ކުރުމަށް 2019 ވަނަ އަހަރު އެކުލަވާލާފައިވާ އެއްބަސްވުމާ އެއްގޮތަށް ޓިކްޓޮކް އިން އަމަލުކުރާ ގޮތުގެ މައްޗަށެވެ. ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2020 ވަނަ އަހަރުއެވެ.

ގާތްގަނޑަކަށް 170 މިލިއަން އެމެރިކާ މީހުން ބޭނުންކުރާ ޓިކްޓޮކް އިން ވަނީ އެފްޓީސީގެ ތުހުމަތުތަކާ ވަރަށް ބޮޑަށް ދެކޮޅު ހަދައި، ގާނޫނީ ފިޔަވަޅު އަޅަން ނިންމުމުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މި މައްސަލައަކީ ޗައިނާ ސަރުކާރުން އެމެރިކާ މީހުންގެ ޑޭޓާއަށް ވަނުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ކޮންގްރެސްގައި އުފެދިފައިވާ ކަންބޮޑުވުންތަކާ ވެސް ގުޅިފައިވާ މައްސަލައެކެވެ. އެ ޕްލެޓްފޯމުން މިހާރުވެސް ދަނީ އެ ކުންފުނީގެ ޗައިނާގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސް އިން 19 ޖެނުއަރީ 2025 ގެ ކުރިން ޓިކްޓޮކްގެ އެމެރިކާގެ އެސެޓްތައް ވިއްކާލަން ނުވަތަ މަނާ ކުރަން ލާޒިމްކުރާ ގޮތަށް މިދިޔަ އޭޕްރީލް މަހު ފާސްކުރި ގާނޫނަކަށް ގޮންޖަހަމުންނެވެ.

ބައިޓްޑާންސުން ބުނަމުން ދަނީ މިފަދަ ޑިވައިސްޓްރޭޝަނަކީ "ޓެކްނޮލޮޖީގެ ގޮތުންނާއި ވިޔަފާރީގެ ގޮތުން ނުވަތަ ގާނޫނީ ގޮތުން" ނުކުރެވޭނެ ކަމެއް ކަމަށެވެ.