މާލެ އިން ގެއްލުނު ޒުވާނާ އަދިވެސް ނުފެންނަ ކަމުގައި ފުލުހުން މިއަދު ބުނެފިއެވެ.
ގެއްލިގެން ހޯދަނީ ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަޙްމަދު އިޔާޝް ވަސީމް (24އ) އެވެ.
ފުލުހުން ބުނީ އިޔާޝް އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
އިޔާޝް އެންމެ ފަހުން ފެނިފައި ވަނީ ޖޫން 14 ވަނަ ދުވަހު ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.
އިޔާޝްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!