ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ޑިޖިޓަލް މެޓީރިއަލް އާ ދެކޮޅަ ށް މަސައްކަތް ކުރުމުގެ މަގްސަދުގައި ޔޫރަޕިއަން ޔޫނިއަން އިން "ޗެޓް ކޮންޓްރޯލް" ގާނޫނުގެ ނަމުގައި އާ ހުށަހެޅުމެއް ހުށަހަޅައިފިއެވެ. ނަމަވެސް މި ފިޔަވަޅުގެ ސަބަބުން ޕްރައިވެސީ އާއި ޑިޖިޓަލް ހައްގުތަކާ މެދު ވަނީ ވަރުގަދަ ބަހުސެއް އުފެދިފައެވެ.

މި ގާނޫނުގެ ދަށުން އީޔޫގައި އޮޕަރޭޓްކުރާ މެސެޖިން ޕްލެޓްފޯމްތަކުން އެންޑް-ޓު-އެންޑް އެންކްރިޕްޝަން އިން ހިމާޔަތްކޮށްފައިވާ މެސެޖްތައް ހިމެނޭ ގޮތަށް ހުރިހާ މެސެޖެއް ސްކޭން ކުރަން ޖެހެއެވެ. މިކަމުގެ ސަބަބުން މިހާރު ބޭނުންކުރަމުން އަންނަ އެންކްރިޕްޝަން މެތަޑްތައް މުގުރާލައި، ސައިބަރ ސެކިއުރިޓީ މާހިރުންނާއި ޕްރައިވެސީއަށް ވަކާލާތުކުރާ ފަރާތްތަކުގެ މެދުގައި ބިރުވެރިކަން އުފެދޭނެއެވެ.

Ad
rt

އީޔޫގެ މި ހުށަހެޅުމުގައި ވަނީ ހުރިހާ މެސެޖިން ހިދުމަތެއްގައި ޝައްކުކުރެވޭ ކޮންޓެންޓް ދެނެގަނެ ރިޕޯޓް ކުރުމަށް އޮޓޮމެޓިކް ސިސްޓަމްތައް ބޭނުންކުރުމަށް ގޮވާލާފައެވެ. މިއީ ކުޑަކުދިންގެ ރައްކާތެރިކަމަށް ވަރަށް މުހިންމު ކަމެއް ކަމަށް ސަޕޯޓަރުން ބުނަމުންދާއިރު، ފާޑުކިޔާ ފަރާތްތަކުން އިންޒާރު ދެނީ މިކަމުގެ ސަބަބުން ޕްރައިވެސީއަށް ބޮޑެތި އުނިކަން އަންނާނެ ކަމަށާއި ސަލާމަތީ ނުރައްކާތައް ކުރިމަތިވެދާނެ ކަމަށެވެ.

ޑިޖިޓަލް ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި މި ގާނޫނު ފާސްވެއްޖެ ނަމަ ޕްރައިވެޓް ކޮމިއުނިކޭޝަންތައް މާސް ސަވައިލެންސް ކުރުމުގެ ދޮރު ހުޅުވިދާނެއެވެ.

ސައިބާ ސެކިއުރިޓީގެ ތަޖުރިބާކާރުން ވެސް ވަނީ ޗައިލްޑް ސެކްޝުއަލް އެބިއުސް މެޓީރިއަލް (CSAM) ރަނގަޅަށް ދެނެގަތުމުގެ ޓެކްނޮލޮޖީގެ ފީސިބިލިޓީއާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން އެންކްރިޕްޝަން ބަލިކަށިވުމުގެ ސައިބާ ހަމަލާތަކުގެ ނުރައްކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރު ވެސް އެ މީހުން ދެއެވެ.

އީޔޫއިން ބުނަމުން ދަނީ އޮންލައިންކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ތަކެތި ފެތުރުން ހުއްޓުވުމަށް މި ގާނޫނަކީ ކޮންމެހެން ފާސް ކުރަން ޖެހޭ ގާނޫނެއް ކަމަށެވެ. އީޔޫގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެކްސްޕްލޮއިޓޭޝަނުން ކުޑަކުދިން ސަލާމަތް ކުރުމަށް ޓަކައި ބޭނުން ކުރެވެން ހުރި ކޮންމެ ވަސީލަތެއް ވެސް ބޭނުން ކުރަން ޖެހެއެވެ.