ދުނިޔޭގެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް މިލިޓަރީ ކޮމާންޑަރ ސިސްޓަމް ޗައިނާގެ ސައިންސްވެރިން އުފައްދައިފިއެވެ.

މި ފުލީ އޮޓޮމޭޓެޑް އޭއައި އަކީ ސިމިއުލޭޓެޑް ވޯ ގޭމްތަކުގައި އިންސާނީ ލީޑަރުންގެ ބަދަލުގައި އެލީޓް މިލިޓަރީ ވިސްނުމާ އެއްވަރުގެ ރިޒަނިން ސްކިލްސް ލިބިފައިވާ އޭއައިއެކެވެ.

Ad
rt

ހަނގުރާމައިގެ މައިދާނުގައި ރޮބޮޓް އާއި ޑްރޯން ފަދަ އިންސާނުން ނެތް އަސްކަރީ ސިސްޓަމްތައް ބޭނުންކުރުމާ ބެހޭ ގަވާއިދުތައް ހެދުމަށް ގައުމުތަކުން ވަނީ ގޮވާލައިފަ އެވެ. ނަމަވެސް ޔޫކްރެއިން ފަދަ ހަމަނުޖެހުންތަކުގައި މިހާރުވެސް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ސިސްޓަމްތައް ހިމެނޭ ގޮތަށް ތަރައްގީއާއި ޕްރޮޓޯޓައިޕްތައް ހަދަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޗައިނާ އާއި އެމެރިކާއިން އޭއައި އަސްކަރީ ކުރިއެރުމަށް ބާރު އަޅަމުންދާއިރު، ބައިނަލްއަގްވާމީ ފެންވަރުގައި ހަރަކާތްތެރިވާ އުސޫލްތައް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތައް ދަނީ އިތުރުވަމުންނެވެ.

ދުނިޔޭގެ އޭއައި ހަތިޔާރުގެ ރޭހުގައި ނޭޓޯއިން ވަނީ އޭއައި ގެ އެހީގައި ދިފާއީ ޓެކްނޮލޮޖީއަށް ކުރާ އިންވެސްޓްމަންޓްތައް ވެސް އިތުރުކޮށްފަ އެވެ.

އާޓިފިޝަލް އިންޓެލިޖެންސާއި އޮޓޮނޮމީގެ ސަބަބުން ޒަމާނީ ހަނގުރާމައާއި ސްޓްރެޓެޖީ ބަދަލުވަމުންދާ ގޮތް ޗައިނާގެ އޭއައި ކޮމާންޑަރު އައުމުން ހާމަވެގެން ދެއެވެ. ނަމަވެސް އެކަންކަން ތަންފީޒުކުރުމަކީ މުހިންމު ނިންމުންތައް މެޝިންތަކާ ހަވާލުކުރުމާ މެދު ވެސް އަޚްލާގީ ކަންބޮޑުވުމެއް އުފެދޭ ކަމެކެވެ.