ޔުއެފާ ޔޫރޯ 2024 އަށް އުރީދޫއިން ސޮނީ ލިވްއަށް ހާއްސަ ޕެކްތަކެއް އިއުލާނު ކޮށްފިއެވެ.
އުރީދޫން ތައާރަފުކުރި ޕެކުތަކުގެ ތެރޭގައި އެންމެ 250 ރުފިޔާއަށް
ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރިމިއަމް މެމްބަޝިޕްގެ އިތުރުން 100 ޖީބީ ހިލޭ ޑޭޓާ 30 ދުވަހުގެ ވެލިޑިޓީއާއެކު ލިބޭނެއެވެ. މި ހާއްސަ އޮފާގެ ސަބަބުން ކަސްޓާމަރުންނަށް ޑޭޓާ ލިމިޓްގެ ކަންބޮޑުވުމެއް ނެތި ސޮނީ ލިވްއިން ޔޫއެފާ ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށްސްޓްރީމް ކުރެވޭނެކަމަށް އުރީދޫން ބުންޏެވެ.
ސޮނީ ލިވް ޕެކުތަކާއެކު ފުޓްބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް ޔުއެފާ ޔޫރޯ2024 ގެ ހުރިހާ މެޗެއް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް، ފޯނުން، ލެޕްޓޮޕް، ޓެބްލެޓް އަދި ސްމާޓް ޓީވީ މެދުވެރިކޮށް ބެލޭނެއެވެ.
މި ޕެކޭޖާއެކު މުބާރާތުގެ ލައިވްބްރޯޑްކާސްޓްތައް މެދުނުކެނޑި ސްޓްރީމްކުރުމުގެ އިތުރުން 40،000 އަށް ވުރެ ގިނަގަޑިއިރުގެ ޝޯތައް ފެނިގެންދާނެކަމަށް އުރީދޫން ބުންޏެވެ. އެއީ އެކްސްކްލޫސިވް ލިވް އޮރިޖިނަލްސް އިންފެށިގެން އިންޓަނޭޝަނަލް ސީރީޒް އާއި ސޮނީ ޓީވީގެ ހުރިހާ ޝޯއެއް އަދި ލައިވްސްޕޯޓްސްވެސް ހިމެނޭހެންނެވެ.
އުރީދޫގެ ސޮނީ ލިވް ޕެކްތަކާއެކު ޔުއެފާ ޔޫރޯ 2024 ގެ އުފާވެރިކަމާއި ފުޓުބޯޅަ ފޯރި ކަސްޓަމަރުންގެ ތެރޭގައި އިތުރު ވާނެކަމަށް އުރީދޫން އުއްމީދު ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!