މަންމައަށް އެސްލޯން ހޮޅިއަކުން ހަމަލާދީ އަދި ހުތުރު އެއްޗެހި ގޮވައި, މަރުގެ އިންޒާރު ދިން ދަރިއަކު އަށް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ހެންވޭރުގެ ގެއަކަށް ނިސްބަތްވާ ފިރިހެނަކު މިދިޔަ އަހަރު އޭނާގެ މަންމަގެ ގައިގައި އަތުން ތަޅައި އަދި އެސްލޯން ހޮޅިއާއި ފެންފުޅިއަކުން ހަމަލާ ދިނުމުގެ އިތުރުން މަންމައާ ދިމާލަށް " ޝައިތާނެކޭ" ބުނެ, މަންމަ މަރާލާނެ ކަމުގެ އިންޒާރު ދިނެވެ.

Ad
rt

އެ މީހާގެ މައްޗަށް ކުރީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ރައްކާތެރި ކުރުމުގެ އަމުރަކާ ހިލާފްވުމުގެ ދައުވާ އެވެ.

އެއީ އޭނާގެ މަންމައަށް ތަކުރާރުކޮށް އޭނާ ބިރު ދައްކައި, އިންޒާރު ދޭތީ އެކަން ނުކުރަން ފެމިލީ ކޯޓުން ނެރެފައިވާ ރައްކާތެރި ކުރުމުގެ އަމުރަކާ ހިލާފްވެފައިވާތީ އެވެ.

އެ މީހާ ކުށަށް އިއުތިރާފްވެފައިވާތީ ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ރައްކާތެރި ކުރުމުގެ އަމުރާ ހިލާފްވުމުގެ ކުށުގައި އޭނާ ހަ މަހަށް ޖަލަށްލުމަށާއި އަދި އަނިޔާއެއް ދިނުމުގެ ކުށުގައި ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށެވެ.