އައިފޯން އުފައްދާ ކުންފުނިން އޯއެސް ލެވެލްގައި އޯޕަންއޭއައި އިންޓަގްރޭޓްކޮށްފި ނަމަ އެޕަލް ޑިވައިސްތައް އޭނާގެ ކުންފުނިތަކުގައި މަނާ ކުރާނެ ކަމަށް އީލޮން މަސްކް ބުނެފި އެވެ.

ޓެސްލާގެ ސީއީއޯ، ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވެފައިވާ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހޯމަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Ad
rt

އަދި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކުން އެމީހުންގެ އެޕަލް ޑިވައިސްތައް ދޮރުމަތީގައި ޗެކްކުރަން ޖެހޭނެ ކަމަށާއި އެތަނުގައި އެތަކެތި ރައްކާކޮށްފައި ހުންނާނީ ފެރަޑޭ ކޭޖެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން އޭނާ ވަނީ އެޕަލް އާއި އޯޕަންއޭއައި އަށް ފުރައްސާރަކޮށް ނަގާފައިވާ ފޮޓޯއެއް ޕޯސްޓުކޮށް އެޕަލްގެ ޕާސަނަލް ޑޭޓާ ވަގަށް ނެގި ކަމަށް ސިފަކޮށްފަ އެވެ.

އެޕަލް އިން ވަނީ އެކުންފުނީގެ އެޕްލިކޭޝަންތަކާއި އޮޕަރޭޓިން ޕްލެޓްފޯމްތަކުގައި ގިނަ އޭއައި ފީޗާތަކާއި ޗެޓްޖީޕީޓީ ޓެކްނޮލޮޖީ ޑިވައިސްތަކަށް ގެނައުމަށް އޯޕަންއޭއައިއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.

އެޕަލް އިން ބުނީ އޭއައި ހަދާފައި ވަނީ ޕްރައިވެސީ "މައިގަނޑު ގޮތެއްގައި" ކަމަށާއި އެ ފީޗާތަކަށް ބާރު ދިނުމަށް އޮން ޑިވައިސް ޕްރޮސެސިން އާއި ކްލައުޑް ކޮމްޕިއުޓިން ގެ ކޮމްބިނޭޝަނެއް ބޭނުންކުރާނެ ކަމަށެވެ.

އޯޕަންއޭއައި އިން "އެޕަލްއާ ގުޅިގެން ޗެޓްޖީބީޓީ މި އަހަރުގެ ފަހުކޮޅު އެ މީހުންގެ ޑިވައިސްތަކަށް އިންޓަގްރޭޓް ކުރަން ލިބުމަކީ ވަރަށް އުފާކުރާ ކަމެއް! ހީވަނީ ހަގީގަތުގައި ވެސް ލައިކްވާނެ ކަމަށް،" އެ ކުންފުނީގެ ވެރިޔާ ސޭމް އޮލްޓްމަން ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.