މީހުން ރަހީނު ކުރުމަށް ފަހު ބަރަހަނާ ކޮށްގެން، ފައިސާ ފޭރޭ ކަމަށް ތުހުމަތުކޮށް ފ. ނިލަންދޫއަށް ނިސްބަތްވާ ދެމަފިރިއަކު ބަންދުކޮށްފި އެވެ.

އެ މައްސަލާގައި އެ ދެމަފިރިން ހައްޔަރުކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެއީ ނިލަންދޫއަށް ނިސްބަަތްވާ 39 އަހަރުގެ އަންހެނަކާއި 40 އަހަރުގެ ފިރިހެނެކެވެ. އޭރު ފިރިމީހާގެ ބަންދަށް 15 ދުވަސް އަދި އަނބިމީހާގެ ބަންދަށް 10 ދުވަސް ޖެހި އެވެ.

Ad
rt

އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން އިއްޔެ އިތުރު 15 ދުވަސް ޖެހި އެވެ.

ދެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބިރު ދެއްކުން، ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުން، އޮރިޔާން ކާޑު އުފެއްދުން، އަދި ފޭރުމެވެ. ކޯޓު އަމުރުގައިވާ ގޮތުން ފުލުހުން ތުހުމަތު ކުރަނީ މި ކުށުގެ އަމަލުގައި ދެމަފިރިންނާއެކު އިތުރު ބަޔަކު ވެސް ބައިވެރިވެ އެވެ. އެއީ ޖަމާއަތެއް ހަދައިގެން ހިންގާ ކުށެއް ކަމަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.

މީހުންނަށް އޮޅުވާލައިގެން އެޕާޓްމަންޓަކަށް ގެންގޮސް މިގޮތަށް ބިރު ދައްކައިގެން ފޭރޭ މައްސަލަތައް ވަރަށް ގިނައިން ފެންމަތިވެފައިވެ އެވެ