މާލޭގައި ޕާކުކޮށްފައި ހުރި ސައިކަލު ތަކެއްގައި ރޯކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮސްފި އެވެ.

ފުލުހުން ބުނީ، މެދު ޒިޔާރަތްމަގު، ހޮޓެލް ޖެން ކައިރީ ސައިކަލު ޕާކިން ޒޯނެއްގައި ހުރި ސައިކަލު ތަކެއްގައި އަލިފާން ރޯކޮށްލި މައްސަލައިގައި 36 އަހަރުގެ ދިވހެި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

"އޭނާގެ ބަންދައް ގޮތެއް ނންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް މިއަދު ވަނީ އަމުރުކޮށްފައި"

މިޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވެ އެވެ.

އެ ސައިކަލުތަކުގައި ރޯކޮށްލީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހު 3:03 ކަންހާއިރު އެވެ.

އަލިފާން ރޯކޮށްލުމާއި ގުޅިގެން 7 ސައިކަލަކާއި ވޭނަކަށް ގެއްލުން ވެފައިވާ ކަމަށާ އޭގެ ތެރެއިން ތިން ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަދާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަލިފާން ރޯކުރި ކަމަށް ތުހުމަތުވާ މީހާ ދެނެގަނެވިފައިވާ ކަމަށާއި އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެދުވަހުވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.