އައްޑުއަށް ސާފު ބޯފެން ނުލިބޭ މައްސަލައިގައި މަޖިލިހަށް ކުއްލި މައްސަލައެއް

Ibrahim Nazil

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ބޯފެން ނުލިބޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއެވެ.

ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ މިދިޔަ އޭޕްރީލް މަހުން ފެށިގެން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ބޯފެން ލިބުމުގައި ދަތިވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ އާއްމު ދިރިއުޅުމަށްް ބުރޫއަރާ ރައްޔިތުންނަށް އެތައް ތަކުލީފުތަކެއް ކުރިމަތުވަމުން އަންނަކަމަށް ނާޒިލް ވިދާޅުވިއެވެ.

މިކަމުގައި ޒިންމާވަނީ ކޮން ބައެއް ކަން ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" ފެނަކައިން މި މައްސަލަ ހައްލުކުރުމަށް ނުކުޅެދިފައިވާތީ އާ މި މައްސަލާގައި ޒިންމާވާ ފަަރާތަކީ ކޮބައިކަން އައްޑޫ ސިޓީގެ ރައްޔިތުންނަށް ނޭނގޭތީވެ. އައްޑޫ ސިޓީ ރައްޔިތުން މިހާރު ތަހައްމަލުކުރަމުންދާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދީ، ރައްޔިތުންނަށް ލިބެންޖެހޭ އެންމެ އަސާސީ ހިދުމަތްތަކުގެ ތެރޭގައިވާ ސާފު ފެން ފޯރުކޮށްދިމުނުގައި ދިމާވެފައިވާ މައްސަލައަށް ވަގުތުން ވަގުތަށް ހައްލު ހޯދައި ދިނުމަށް ސަރުކާރަށް ގޮވާލަން." ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވެއެވެ.

މި މައްސަލަ މަޖިލިހަށް ބަލައިގަނެ ބަހުސް ކުރަން ވަނީ ފަށައިފައެވެ. އެ މައްސަލަ ބަލައިގަތުމަށް 83 މެމްބަރުން ވޯޓު ދެއްވިއެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ފެނުގެ މައްސަލަ ޖެހެނީ އެ ސިޓީގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުން އަންނާތީ މިހާރު ހުރި ޕްލާންޓުން އުފައްދާ ފެނަށް ވުރެ ބޭނުންކުރާ މިންވަރު އިތުރުވުމުންކަމަށް ފެނަކައިން ވަނީ ބުނެފައެވެ. ފެނަކައިން ބުނެފައިވަނީ އައްޑޫ ސިޓީގެ ފެނުގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމަށް މިހާރު އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވާކަމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި