ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ސްލޮވޭނިއާގެ ސަރުކާރުން ހުށަހެޅި ގަރާރަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުން ތާއީދުކޮށްފިއެވެ.
ސްލޮވޭނިއާގެ އޮފިޝަލުންނާ ހަވާލާދީ ސްލޮވީނިއާގެ ޕްރެސް އެޖެންސީން ބުނީ ސަރުކާރުގެ މަޝްވަރާއަށް ފަހު ސަރުކާރުން އެ ހުށަހެޅުން ނެޝަނަލް އެސެމްބްލީއަށް ފޮނުވީ ފައިނަލް އެޕްރޫވަލް އަށް ކަމަށެވެ.
ގައުމީ މަޖިލީހުން އަންނަ ހަފުތާގައި އެ ގަރާރަށް ވޯޓަށް އަހާނެ ކަމަށް ބެލެވޭ ކަމަށް އެ އެޖެންސީން ބުންޏެވެ.
އަދި މިނިވަން ފަލަސްތީނެއް ބަލައިގަތުމުގެ މަރުހަލާއިން ސްލޮވޭނިއާ، އަޔަލޭންޑް، ނޯވޭ އަދި ސްޕެއިންގެ ނަމޫނާއަށް ތަބާވުމަށް "އެހެން ގައުމުތަކަށް ވަރުގަދަ ސިގްނަލެއް ދޭ" ކަމަށް ވެސް އެ ގައުމުގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި ފަލަސްތީން ބަލައިގަތުމަކީ އދ.ގެ ސަލާމަތީ މަޖިލީހުގައި ސްލޮވޭނިއާއަދާކުރާ ދައުރަކީ "ސުލްހަ އާއި ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ގައުމެއްގެ ގޮތުގައި" އޮތް ދައުރާއި މެދުއިރުމަތީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ގެނެވޭނީ ދެ ދައުލަތެއްގެ ހައްލަކުން ކަމަށް އެ ގައުމުން ޒަމާނުއްސުރެ ދެކޭ ގޮތް ކަށަވަރުކޮށްދޭ ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
"ސްލޮވީނިއާގެ ސަރުކާރުން ތާރީހީ ފިޔަވަޅެއް އެޅުމުން އަޅުގަނޑު އުފާކުރަން. އިސްރާއީލާއި ފަލަސްޠީނަށް އެމީހުންގެ އަމިއްލަ ދައުލަތްތަކުގައި ޞުލްޙަވެރިކަމާއި އަމާންކަމާއި ތަނަވަސްކަމާއެކު ދަރިން ތަރުބިއްޔަތުކުރުމުގެ ޙައްޤު ލިބިގެންވޭ، ފަލަސްތީން ބަލައިގަތުމަކީ ދެ ގައުމާއި ރައްޔިތުންނަށް ސުލްހަވެރިކަމާއެކު އެކުގައި އުޅެވޭނެ ހަމައެކަނި މަގެއް،" ސްލޮވީނިއާގެ ޚާރިޖީ ވަޒީރު ތަންޖާ ފަޖޮން ވިދާޅުވިއެވެ.
މިއީ އަޔަލޭންޑް، ނޯވޭ އަދި ސްޕެއިން އިން ފަލަސްތީނުގެ ދައުލަތެއްގެ ދަރަޖަ ރަސްމީކޮށް ބަލައިގަތްތާ ދެ ދުވަސް ފަހުން ސްލޮވީނިއާއިން އެޅި ފިޔަވަޅެކެވެ.
ސްލޮވޭނިއާ ސަރުކާރުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމުގެ އިޖުރާއަތުތައް ފަށާފައިވަނީ މެއި މަހުގެ ނުވަ ވަނަ ދުވަހު ކަމަށް އެ އެޖެންސީން ބުނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާއެއްގައި ގާތްގަނޑަކަށް 1،200 އެއްހާ މީހުން އިޒްރޭލުން މަރުވުމާއި ގުޅިގެން އިސްރާއީލުން ވަނީ ޣައްޒާގައި ފަލަސްތީނުގެ 36،200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.
އަސްކަރީ ކެމްޕެއިންގެ ސަބަބުން 2.3 މިލިއަން މީހުން ދިރިއުޅޭ އެންކްލޭވްގެ ބޮޑު ބައެއް ހަލާކުގެ ތެރެއަށް ވެއްޓި، އާންމުންގެ ގިނަ ބަޔަކު ގެދޮރު ގެއްލި، ބަނޑުހައިހޫނުކަމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!