އިޒްރޭލުން ރަފާ ކްރޮސިން ބޯޑަރު އަވަހަސް މުއްދަތެއްގައި ހުޅުވާލާނެ ކަމުގެ އެއްވެސް އިޝާރާތެއް ފެނިވަޑައި ނުގަންނަވާކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވަޒީރު މަގޭދު އަބޫ ރަމަޟާން ވިދާޅުވެއްޖެއެވެ.

ފަލަސްތީނުގެ ސިއްހަތާ ބެހޭ ވަޒީރު އަބޫ ރަމަޟާން ބުދަ ދުވަހު ވިދާޅުވީ އިޒްރޭލުން ރަފާ ކްރޮސިން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ބުނިނަމަވެސް އެކަމުގެ އެއްވެސް އިޝާރާތެއް ފެންނަން ނެތް ކަމަށެވެ.

Ad
rt

މިއީ މުޅިން ވެސް އިސްރާއީލުގެ އަތްމަތީގައި އޮތް ކަމެއް،" ޖެނީވާގައި އެސޯސިއޭޝަން އޮފް ދަ އެކްރެޑިޓެޑް ކޮރެސްޕޮންޑެންޓްސް ޓު ޔުނައިޓެޑް ނޭޝަންސް (އޭސީއޭއެންޔޫ) އާ އެކު ބޭއްވި ބައްދަލުވުމެއްގައި އަބޫ ރަމަޟާން ވިދާޅުވިއެވެ.

އަދި މެއި މަހުގެ ކުރީކޮޅު އެ ބޯޑަރު ބަންދުކުރުމުގެ ކުރިންވެސް އިސްރާއީލުން ވަނީ އެކްރޮސިންގ ހުރަސްކުރުމުގައި ގިނަ ބަޔަކަށް ދަތިތައް ކުރިމަތި ކުރުވާފައިވަކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކްރޮސިން ބަންދުކުރުމުން އިންސާނީ އެހީތެރިކަން ހޯދުމުގެ އިތުރުން މެޑިކަލް އިވެކުއޭޝަންތަކަށް ވެސް ވަރަށް ބޮޑަށް ހުރަސް އެޅިގެން ދެއެވެ. އަދި ޣައްޒާގައި ފަރުވާ ނުދެވޭ މީހުންނަށް މިސްރާއި އެހެން ތަނަކަށް ދާން ޖެހޭ ފަރުވާއަށް ދިއުމަކީ އިޒްރޭލުން މަނާކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިވަގުތު ސިއްހީ ހިދުމަތުގެ ގާތްގަނޑަކަށް ހުރިހާ ކަމަކުން ރައްޔިތުން މަހްރޫމްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޕެއިން، އަޔަލޭންޑް އަދި ނޯވޭއިން ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ ގުޅޭގޮތުން އަބޫ ރަމަޟާން ވަނީ އެ ތިން ގައުމުން އެޅި ފިޔަވަޅަކީ ހިތްވަރުގަދަ ނިންމުމެއް ކަމަށް ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ. އަދި ޔޫރަޕްގެ އެހެން ހުރިހާ ގައުމަކުން ވެސް މި ހިތްވަރުގަދަ ފިޔަވަޅަށް ތަބާވުމަށް އިލްތިމާސް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 37،171 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، 81،420 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.