20 ވަނަ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ދެ ނަމެއް ހުށަހަޅައި ތާއީދު ލިބިއްޖެއެވެ.

މިގޮތުން 10:15 ގަައި ފެށި މި ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް ކަމަށް ނަން ހުށަހަޅަން ހުޅުވާލި ފުރުސަތުގައި ޕީއެންސީން މަޖިލީހުގެ ނައިބަކަށް ހުށަހަޅާފައި ވަނީ ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމްގެ ނަމެވެ.

Ad
rt

އެނަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު އަބުދުއްރަޙީމް ޢަބުދުﷲ އެވެ. އެ ނަމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއުއެވެ.

އެމްޑީން ހުށަހެޅީ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީގެ ނަމެވެ.

އެނަން ހުށަހެޅީ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު (ފިއްޓޭ) އެވެ. އެ ނަމަށް ތާއީދު ކުރައްވާފައި ވަނީ މާވަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ޝާކިރެވެ.