އިސްކޮޅާ އެއްވަރުގެ ކަންނެއްޔެއް ކައިރީ އޮށޯވެލާ އޮވެގެން އެ ޒުވާން މަސްވެރިޔާ މިދެނީ ބާރު ހުރި މެސެޖުތަކެކެވެ.
ޒުވާން އުމުރުގައި ހަލާލު މަސައްކަތުން އާމްދަނީ ހޯދުމަށް އަތްވާއި ވާރޭގައި އެކުރަނީ ހާދަހާވާ ބުރަ މަސައްކަތެކެވެ. އެހެން ޒުވާނުންނަށް ނަމޫނާއަކަށްވެ އެދައްކަނީ ނޫކަށި ހިތްވަރެވެ. އަތް އުރާލައިގެން ކަންކަން މަތީ ނުތިބެ، މަސައްކަތަށް ޒުވާނުން ނުކުތުމަށް ހިތްވަރު މިމެސެޖުން އެބަ ދެއެވެ.
ހަލާލު ކޮންމެ މަސައްކަތެއްވެސް ކުރެވިދާނެކަން ދައްކައި، ޖީބަށް ގަލަން ނުޖެހެންޏާ ވަޒީފާއަށްނުވާ ކަމަށް ބަޔަކު ދެކޭ ދެކުން ބަދަލުކޮށްލަން މިޒުވާނާ މިސާލު ދައްކަނީ އެވެ.
ދިވެހި ލޭ ހިނގާ މަސައްކަތްތެރި ދަރިއަކަށް ދަރިފުޅުވީތީ މައިން ބަފައިން ހިނިތުން ކުރުވާނެއެވެ. ދިވެހި ލޭނާރުކަމުގައިވާ މަސްވެރިކަމުން އާމްދަނީ ހޯދައި، ދިރި އުޅުން އާރާސްތު ކުރުމަށް އެކުރާ މަސައްކަތުގެ އަގު އެހާމެ ބޮޑެވެ.
ޒުވާނާގެ ޝަކުވާ އަޑުއަހާށެވެ! ކަމާ ބެހޭ އެންމެހާ ފަރާތްތަކުން މިކަމަށް ހައްލު ހޯދައި ދޭށެވެ. ޒުވާނާ އެއިއްވަނީ އެތައް ސަތޭކަ ޒުނުންގެ އަޑެވެ. އެސިނާއަތުގެ އެތައް މަސްވެރިންނަކާއި، ޢާއިލާތަކުގެ އަޑެވެ.
"ކަންނެލި ބުރެއް ނިންމާލާފައި މިދަނީ ކިރަން ހުޅުމާލެއަށް. ދާއިރު 40 ނުވަތަ 50 ރުފިޔާއަށް އަގު ހުރުމަކީ މިކުރާ ބުރަ މަސައްކަތަށް ލިބޭ ބޮޑު މާޔޫސް ކަމެކެވެ."
ޒުވާނާގެ އާދޭހަކީ ކަންނެލީގެ މަސްވެރިކަމަށް ހަމަ އަގު ހޯދައި ދިނުމަށް ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކޮށްދިނުމަށެވެ. އެ އަޑާއި ގުޅިފައިވާ އެންމެހާ ހައްޤުވެރީންނަށް ހައްޤު މިންވަރު ކަށަވަރު ކޮށްދިނުމަށެވެ.
ޓުވިޓަރގައި ބޭނުންކޮށްފައިވާ "އަޔާ" (މުޙައްމަދު އަޔާޒު1) ގެ ޓުވީޓުގައިވަނީ އެޒުވާނާގެ މުސެޖު ފޯރުކޮށް ދިނުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއާއި، އެ ވުޒާރާގެ ވަޒީރަށްވެސް ޓެގް ކޮށްފައެވެ.
Kanneli bureh nimmaafa mi dhanee kiran Hulhumale ah.
Dhaairu 40, 50 RF ah agu hurumakee mikuraa Bura masikkathah libey bodu maayoos kameh.
Kanneli ge masverinnah Hama agu hoadhaidhimuah sarukaarun kameh kuraa thaneh nufeney.@ZahaWaheed @MoFMRAmv @DhiMasverin @ZuvaanMasveriya pic.twitter.com/jEpNyPwMxp— Aya' (@mohamedayax1) January 4, 2020
ޒުވާނާ މަސައްކަތްކުރާ ސިނާއަތުގެ އެންމެހާ އަޑުތައް އިއްވުމަށް އެޒުވާނާއާއި ބައިވެރިވީމެވެ. އުންމީދަކީ އެޒުވާނާއާއި، އެސިނާއަތުގެ މަސައްކަތްތެރީން އޮހޮރާ ދަލުގެ ހަމަ ބަދަލު ލިބުމެވެ. އެފަރާތްތަކަށް ފަހި، އުފާވެެރި ކަން ފެންނަމުން ދިޔުމެވެ. މަގުތައް އަލިވެ، އެ އަދާކުރާ ޤައުމީ ޒިންމާގެ އަގު އެންމެ އެކަށޭނަ މިންވަރަށް އެފަރާތްތަކާއި ހަމައަށް ފޯރުމެވެ. މަސްވެރިންނަށް އައްސަރި ބަހާއި ސާބަހެވެ!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!