މި އަހަރުގެ ދިވެހި ޙައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން އިއްޔެ ސައުދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.
ރާއްޖެޭން ޙައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބެލެހެއްޓެވުމަށްޓަކައި ކޮންމެ އަހަރަކު ވެސް ސަރުކާރުން އެކަމަށް ހާއްސަ މިޝަނެއް އެކުލަވާލަ އެވެ. އެ މިޝަން އިން ސައޫދީގައި ގާއިމްވެ، ރާއްޖޭން އެ އަހަރަކު ޙައްޖުގެ އަޅުކަން އަދާކުރަން ދާ ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދީ ރަސްމީ އިންތިޒާމްތައް ހަމަޖައްސައިދެ އެވެ.
ހައްޖު މިޝަންގައި ހިމެނެނީ ހަތް ފަރާތެކެވެ.
މި އަހަރު ހައްޖަށް ދާ ދިވެހި ޙައްޖާޖީން ފުރަން ފަށާނީ މި މަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ.
މި އަހަރު ރާއްޖޭން ހައްޖަށް ދަނީ 1000 މީހުންނެވެ. އެއީ މުޅިން ވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!