މަގުމައްޗަށް ފެންފައިބާތީ މާލޭ ސިޓީ ކައުންސިލުން ޗެކުކުރިއިރު އެގޭގެ ފާހަނާ ފެންބޮޑުވެގެން ފާހަނާތެރެއިން ލޯވަޅެއް ތޮރުފާލައި ފެން ބޭރަށް ފައިބާގޮތަށް ވަނީ ހަދާފައިވާ ކަމަށާއި އެކަން ކުރިމީހާ ޖޫރިމަނާ ކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
އެ ގެއިން ފެން ފައިބާ މަންޒަރު ފެންނަ ވީޑިއޯ ހިއްސާކޮށް، މާލެ ސިޓީ ކައުންސިލުން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ ގެއަކުން މަގުމައްޗަށް ފެންފައިބާތީ ސިޓީ ކައުންސިލުން އެ ތަން ޗެކުކުރި ކަމަށެވެ. އަދި ބުނެފައިވަނީ މިކަން ކުރިފަރާތަށް ވަނީ އެކަން ރަނގަޅުކުރުމަށް ނޯޓިސް ދެވި، ޖޫރިމަނާ ކުރެވިފައި ކަމުގައެވެ.
ގ. ދޮންފެހިގެ ފާހަނާ ފެންބޮޑުވެގެން ފާހަނާ ތެރެއިން ލޯވަޅެއް ތޮރުފާލައި ފެން ބޭރަށް ފައިބާ ގޮތަށް ހަދާފައި ހުރުމުން ފާހަނާ އިން ފައިބަމުންދިޔަ ފެނުގެ ސަބަބުން އެ ސަރަހައްދުގައި އޮތީ ފެން ބޮޑުވެފަ އެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް އުދަނގޫވާ ގޮތަށް މި ކަހަލަ ކަންތައް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!