ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ބާއްވާ އުފާ ފެސްޓިވަލުގެ ދެވަނަ ދުވަހު އުރީދޫ މޯލްޑިވްސްގެ ފޯރިގަދަ ހަރަކާތްތަކެއް ތާވަލުކޮށްފިއެވެ.
އުރީދޫން ބުނިގޮތުގައި އިއްޔެ ސެންޓްރަލް ޕާކުގައި ފެށި ހަރަކާތަތްކުގެ ތެރެއިން މިއަދު ހަވީރު 4:00 އިން ފެށިގެން އެ ކުންފުނިން ރާވާފައިވާ "ވޯޓާ ފަން" ކުރިއަށްދާނެ ކަމަށެވެ. އެ ހަރަކާތް ކުރިއަށްދާނީ ފެނާއި ކުލަޔާއި ފޯމް ހިމަނައިގެން ކުދަކުދިންނަށާއި އާއިލާތަކަށް ބައިވެރިވެވޭގޮތަށް ކަމަށް ވެސް ބުންޏެވެ.
މި ހަރަކާތުގައި އަމިއްލަ ފެން ބަޑިއެއް ހިފައިގެން އެ މަޖަލުގައި ބައިވެރިވުމަށް ހުރިހާ ކުދިންނަށްވެސް އުރީދޫއިން ވަނީ ހާއްސަ ދައުވަތެއް އަރުވާފައެވެ.
ފޯމް ޕާޓީއަށް ފަހު ރޭގަނޑު ރީތިވެލައިގެން އާއިލާއާއި ރައްޓެހިންނާއެކު ފިލްމު ބަލާލުމަށްވެސް ސެންޓްރަލް ޕާކަށް އައުމަށް އުރީދޫއިން ދައުވަތު އަރުވައެވެ. އެ ހިތްގައިމު މާހައުލުގައި އެންމެން އެކީ "ވުޑީ ވުޑްޕެކާ ގޯޒް ޓު ކޭމްޕް" ބަލައިލުމަކީ އެ ފެސްޓިވަލް ފުރިހަމަކޮށްދޭނެ ކަމެއް ކަމަށް އުރީދޫން ބުނެއެވެ.
އުރީދޫ މޯލްޑިވްސް އާއި ޖެންޑާ މިނިސްޓްރީ އަދި އެޗްޑީސީ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދެ ދުވަހަށް ދެމިގެންދާ "އުފާ ފެސްޓިވަލް" ފެށީ އިއްޔެއެވެ. މި ފެސްޓިވަލް އޮންނާނީ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!