މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅޭ 41 މައްސަލައެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.
އެ ކޮމިޝަނުން ބުނީ އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައިގެ ތެރެއިން 38 މައްސަލައެއް ބަލަން ނިންމައި ހަތަރު މައްސަލައެއް މިހާރު ވެސް ބަލަން ފަށާފައިވާ ކަމަށެވެ. އީސީ އަށް އެންމެ ގިނަ ހުށަހެޅީ ވޯޓުލުމުގެ ހައްގާ ގުޅޭ މައްސަލަތަކެވެ. އެގޮތުން 26 މައްސަލައެއް ކޮމިޝަނަށް ހުށަހެޅިއެވެ.
އޭގެއިތުރން ކެމްޕެއިން ކުރުމާ ގުޅޭ ފަސް މައްސަލައަކާ ކެންޑިޑެސީ އާ ގުޅޭ ފަސް މައްސަލައަކާއި ރަޖިސްޓްރޭޝަނާ ގުޅޭ ހަތަރު މައްސަލައަކާއި އިންތިހާބީ މުވައްޒަފުންނާ ގުޅޭ ދެ މައްސަލައެއް ހުށަހެޅިއެވެ.
މިހާރު ބަލަމުންދާ ހަތަރު މައްސަލައަކީ ކެމްޕެއިން ކުރުމާއި ގުޅޭ އެއް މައްސަލަ، އިންތިހާބީ މުވައްޒަފުންނާ ގުޅޭ ދެ މައްސަލައެއްގެ އިތުރުން ވޯޓުލުމުގެ ހައްގާ ގުޅޭ އެއް މައްސަލައެވެ. އިންތިހާބާ ގުޅޭ މައްސަލަތައް ކޮންޕްލެއިންސް ބިއުރޯއަށް ހުށަހެޅުމަށް އީސީން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!