ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމަށް ޤައުމީ އެއާލައިން މޯލްޑިވިއަނުން، ކުރަމުން ދިޔަ ދަތުރުތައް އަލުން ފަށައިފިއެވެ.

މިދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓު ތަރައްޤީކުރުމުގެ މަސައްކަތަށެވެ. އެ އެއާޕޯޓަށް އަލުން މި ދަތުރުތައް ފަށާފައިވަނީ މިއަދުއެވެ.

Ad
rt

ދަތުރުތައް ފެށުން ފާހަގަކުރުމަށް ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފްލާގައި ރީޖަނަލް އެއާޕޯޓްސްގެ އިސްވެރިންނާއި، އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ބައިވެރިވިއެވެ. މި ދަތުރުތައް ކުރިއަށްގެންދަނީ ދެ ކުންފުނި ގުޅިގެންނެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމާއި ދެމެދު ހަފްތާއަކު 2 ދަތުރު ކުރާނެއެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެވެސް ހުކުރު އަދި ހޯމަ ދުވަހު ދަތުރުތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އެ ކުންފުނީގެ، ވެބްސައިޓާއި، މޯބައިލް އެޕް އަދި ޓިކެޓިން އޮފީސްތަކުން މިހާރު ޓިކެޓު ނެގޭނެކަމަށެވެ.