އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަލުން އިމާމްވެ ނަމާދު ކުރައްވަން ފައްޓަވަން ނިންމަވައިފިއެވެ.

ޝަހީމް މިދިޔަ މަހުގެ ތެރޭގައި އިމާމްވެ ނަމާދު ކުރެއްވުން މެދުކަނޑާލެއްވީ ގިނައިރު ކޮޅަށް ނުހުރެވޭތީ އަވަސް އޮޕަރޭޝަނެއް ކުރަން ޖެހިގެންނެވެ.

Ad
rt

އިސްލާމިކް މިނިސްޓްރީން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޝަހީމް މިރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމު ނަމާދު ކުރައްވާނެ ކަމަށެވެ.

ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެގެން، ޑޮކްޓަރުންގެ ލަފާމަތިން ޝަހީމް އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލެއްވީ މިދިޔަ މަހުގެ 23 ގައެވެ. ޝަހީމް ވިދާޅުވެފައި ވަނީ ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް އުންމީދުކުރައްވާ ކަމަށެވެ.

އިމާމުކަމަކީ ކުޑައިރުން ފެށިގެން ވަރަށް ލޯތްބާއި ޝައުގުވެރިކަމާއެކު ކުރާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރޯދަ މަހުގައި ޝަހީމް އިމާމްވެ ތަރާވީސް ކުރެއްވީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަޝީދު މިސްކިތުގައެވެ. އަދި އިސްލާމީ މަރުކަޒުގައި އެމަނިކުފާނު އިމާމުވެ ބައެއް ނަމާދުތައް ވެސް ކުރެއްވިއެވެ.