ގަވައިދާ ހިލާފަށް މާލޭ ސަރަހައްދުގެ މަގުމަތީގައި ޕާކްކޮށްފައި ހުރި 235 ވެހިކަލް ފުލުހުން ޓޯކޮށްފިއެވެ.
ފުލުހުން ބުނީ އެ ވެހިކަލްތައް ނަގާފައި ވަނީ މާލޭ ސިޓީގެ މަގުތަކުގައި، ގަވައިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް ކުރާ މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކަމަށެވެ.
ޤަވަޢިދާ ޚިލާފަށް ބެހެއްޓިފައިވާ އުޅަނދު ޓޯ ކުރުމުގެ މަސައްކަތް މިރޭވެސް ފުލުހުން ދަނީ ކުރަމުން. pic.twitter.com/4T1owOyKla
— Maldives Police (@PoliceMv) March 13, 2024
މި މަސައްކަތުގައި އިސްކަންދެނީ ސްކޫލްތަކާއި އާއްމު ހިދުމަތްތައް ހޯދުމަށް ދާ ސަރަޙައްދުތަކުގައި ނުގަވާއިދުން ޕާކުކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ނެގުމަށެވެ. މިމަސައްކަތުގެ ތެރެއިން އެންމެ ގިނަ އުޅަނދު ނެގީ މިދިޔަ އަންގާރަ ދުވަހުގެރެއެވެ. އެ ރޭ އެކަނި ވެސް 60 ވެހިކަލް ޓޯ ކުރިއެވެ.
މިއުޅަނދުތައް ނަގާފައިވަނީ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލް ވަށައިގެންވާ މަގުތަކުންނެވެ.
އޭގެއިތުރުން ބައެއް ސްކޫލް ޒޯންތަކަށް އުނދަގޫވާ ހެން ބަހައްޓާފައި ހުރި 31 ވެހިކަލް ޓޯކޮށްފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. ހޯމަ ދުވަހުގެރޭ 41 ވެހިކަލް ޓޯ ކުރިއިރު، މިދިޔަ ބުރާސްފަތި ދުވަހުގެރޭ 48 ވެހިކަލް މި މަހުގެ 13 ގައި 40 ވެހިކަލް، މި މަހުގެ 12 ގައި 15 ވެހިކަލް ޓޯކުރިއެވެ.
ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މާލޭގައި ހުރި ބޮޑެތި އުޅަނދުތައް ނަގާ ނިމޭއިރު ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ހަތަރު ފުރޮޅުލީ އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!