ރޯދަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އަގު ބޮޑުކޮށް ވިއްކަން ހުރި މިރުސް ކިލޯއެއްގެ އަގު ހެޔޮ ވާން ފަށައިފިއެވެ.
ރޯދަމަސް ފެށުނުއިރު މިރުހުގެ އަގު ހުރީ ކިލޯއެއް 700ރ. އާއި 800ރ. އާ ދެމެދުގައެވެ. ރޯދަ މަހުގެ ދެވަނަ ދުވަހު މިރުސް ކިލޯއެއްގެ އަގު 900ރ. އަށް ވެސް އެރިއެވެ. އެކަމަކު، ހަފްތާއެއްހާ ދުވަސް ފަހުން، ބާޒާރުގައި މިރުސް ކިލޯއެއްގެ އަގު ވަނީ 400ރ. އާއި 600ރ. އާ ދެމެދުގައެވެ.
ރަމަޟާން މަހުގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރު ކަނޑޫދޫ މިރުހުގެ އަގު ރޯދަ މަސް ފެށުނު އިރު އުޅުނީ ކިލޯއެއް 750ރ. އަށެވެ. މިހާރު މިރުސް ކިލޯއެއް ހުރީ 400ރ. އާއި 500ރ. އާ ދެމެދުގައެވެ. ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު މީގެ ކުރިން ރޯދަ މަސްތަކުގައި 1200ރ. އަށް ވެސް އަރައިގެންދިޔައެވެ.
ބައެއް ވިޔަފާރިވެރިންނާ ވާހަކަ ދައްކާލުމުން ބުނި ގޮތުގައި މިރުހުގެ އަގު ހެޔޮ ވާން ފެށީ ރަށް ރަށުން މިރުސް ލިބޭ މިންވަރު ވަރަށް ބޮޑަށް އިތުރުވާން ފެށުމާ ގުޅިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިރުހުގެ އަގު ހެޔޮ ވާނެ ކަމަށް ބެލެވޭ ކަމަށް އެ ވިޔަފާރިވެރިން ބުންޏެވެ.
ބާޒާރުގައި ލިބެން ހުރި އެހެން ބާވަތްތަކަށް ބަލާއިރު، ކަރާ ކިލޯއެއް މާރުކޭޓުގައި ލިބެން ހުރީ 15ރ. އަށެވެ. ކުރުނބާ މިހާރު ލިބެން ހުރީ 35ރ. އާއި 40ރ. އާ ދެމެދުގެ އަގެއްގައެވެ. ލުނބޯ ކިލޯއެއް ހުރީ 60ރ. އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!