ކ. މާފުށީގައި ހިންގި މާރާމާރީގައި އާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މާރާމާރީއާ ގުޅިގެން ޒަހަމްވެފައި ވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާ އަށް މާފުށީ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހުގައި އިތުރު ފަރުވާ އަށް މާލެ ގެނެސް ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށްވެއެވެ.
އަނިޔާ ލިބުނު މީހާއަށް ލިބުނު ޒަހަމްތަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.
ފުލުހުން ބުނީ މިއަދު މާފުށީގައި އިތުރު މާރާމާރީއެއް ވެސް ހިންގާފައިވާ ކަމަށާއި މި މާރާމާރީ އާއި ގުޅިގެން ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. މި ދެ މީހުންނަކީ ފަތިހު ފުރަތަމަ ހިންގި މަރާމާރީގައި ވެސް ބައިވެރިވި ކަމަށް ބެލެވޭ ދެ މީހުން ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ މިމައްސަލަތައް އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!