ބަނގުރާ ހުރި 500 އެމްއެލް ފުޅިއަކާއެކު ލ. ގަމުން 16 އަހަރުގެ އަންހެން ކުއްޖަކާއި، 3 ފިރިހެނުން ހައްޔަރު ކޮށްފިއެވެ.

މިމައްސަލާގައި ހައްޔަކޮށްފައިވަނީ އުމުރުން 22، 33، 40 އަހަރުގެ ތިން ފިރިހެނުންނާއި، 16 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ.

Ad
rt

މިކަން ހާމަކޮށްފައި ވަނީ ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައެވެ.

ފުލުހުންގެ އިންޓެލިޖެންސާއި، ލ. ޕޮލިސް ސްޓޭސަނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ލ. ގަން ތުނޑީގެ ދެކުުނު ފަރާތުން އެމީހުން ހައްޔަރުކުރީ ރޭ 09:00 ކަންކާއިރު ކަމަށެވެ. ޗއެ ހާދިސާގައި ބަނގުރާ ހުރި 500 އެމްއެލްގެ ފުޅިއެއް އަތުލައިގަތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާއަހަރު ފާހަގަ ކުރުމަށް ބަޔަކު ބޭނުން ކުރަން ތައްޔާރުކޮށްފައި ހުރި ބަނގުރާފުޅިތަކެއް ފުލުހުން ވަނުމުން މަގުމައްޗަށް އުކާލި ހާދިސާއެއް ވެސް ރޭ ވަނީ ފެންމަތިވެފަ އެވެ.

އާ އަހަރާ ދިމާކޮށް ފުލުހުން މިހާރު ދަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ. މިއޮޕަރޭޝަން ޖެނުއަރީ 4 އާއި ހަމައަށް ހިންގާނެއެވެ.