ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނު (ސްޕޯކްސްޕާސަން)ގެ މަގާމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ޢައްޔަނުކޮށްފިއެވެ.
ކުރިން ވެސް މި މަޤާމު ފުރުއްވާފައިވާ ޝިފާން މި މަޤާމަށް އަލުން ޢައްޔަނުކޮށްފައި ވަނީ އިއްޔެއެވެ.
ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަކީ ޗީފް ސްޕްރިންޓެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމުގެ މަސްއޫލިއްޔަތުގެ އިތުރުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެކެވެ.
ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން މިވަގުތު ހުންނެވީ އޮފީސް އޮފް ދަ ކޮމިޝަނަރ ގެ ހެޑްގެ މަގާމުގައިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އާ ތަރުޖަމާނެއް ހަމަޖެއްސިއިރު މި ދިޔަ ހުކުރު ދުވަހު ވަނީ ފުލުހުންގެ ޚިދުމަތުގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ދެ ބޭފުޅަކު ޢައްޔަނު ކުރައްވާފައެވެ.
އެ ދެ ބޭފުޅުންނަކީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!