ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ހަދައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ، ދެވަނަ ފިޔަވަހީގައި ވަގުތީ ޖެޓީއެއް ގާއިމުކުރީ ހުޅުމާލޭގެ ތަރައްގީގެ މަސައްކަތުގައި އުޅޭ ފަރާތްތަކާއި އެހެނިހެން ވިޔަފާރިކުރާ ފަރާތްތަކުން ހުޅުމާލެއަށް މުދާ އަރުވައި ބޭލުމުގެ ދަތިކަމުގެ ޝަކުވާ ކުރަމުންދާތީ ކަމަށެވެ.
ޖެޓީގެ ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން "މައި ހުޅުމާލެ" ޕޯޓަލުގައި ރަޖިސްޓަރީވެ ޖާގަ ކަށަވަރުކުރަން ޖެހޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ޖެޓީ ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ:
* އެލުމުނިއަމް އަދި ދަގަނޑު ބޯޓު - ދުވާލަކަށް 216 ރުފިޔާ
* ލަކުޑި އަދި ފައިބަރު ދޯނި/ބޯޓު (ބައިނަލްއަގުވާމީ) - ދުވާލަކަށް 216 ރުފިޔާ
* ލަކުޑި އަދި ފައިބަރު ދޯނި/ބޯޓު (ރާއްޖޭގެ) - ދުވާލަކަށް 216 ރުފިޔާ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!